ވިޔަފާރި

އޭސް ހާޑްވެއާއިން އަހަރީ ދުވަހަށް ހާއްސަ ޕްރޮމޯޝަނެއް

އޭސް ހާޑްވެއާގެ ހަތްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހާއްސަ އިނާމްތަކާއެކު ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 15 އާ ހަމައަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ މި ޕްރޮމޯޝަންގައި، 300 ރުފިޔާއިންފެށިގެން މަތީގެ ވިޔަފާރިކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް އެފް ސެވަން މޮޓޯ ސައިކަލެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ޕްރޮމޯޝަންގައި އޭސް ހާޑްވެއާ އިން ވިއްކާ މުދަލުން 70 އާ ހަމަޔަށް ޑިސްކައުންޓް ވެސް ލިބޭނެ އެވެ.

އޭސް ހާޑްވެއާއިން ބުނީ، މި އަހަރުގެ އަހަރީ ޕްރޮމޯޝަން ވެގެންދާނީ ބެލެނިވެރިންނަށް ވެސް ވަރަށް ހާއްސަ ޕްރޮމޯޝަނަކަށް ކަމަށެވެ. ސްކޫލް ކުދިންނަށް ބޭނުންވާ ދަބަހާއި ލަންޗް ބޭގް ފަދަ ތަކެތި މި ޕްރޮމޯޝަންގައި ހެޔޮ އަގުގައި އޭސް ހާޑްވެއާއިން ގަނެލެވޭނެ އެވެ.

އޭސްހާޑްވެއާއިން މިހާރު ވަނީ ސޯސަލް މީޑިޔާ ގައި ވެސް ވަރަށް ތަފާތު ލައިކް އެޑް ކޮމެންޓް ކޮންޓެސްޓެއް ފަށައިފައެވެ. މި ކޮންޓެސްޓްގެ ނަސީބު ވެރިފަސް ފަރާތަކަށް މުޅި އަހަހު ދުވަހު ކުރަށްވާ ވިޔަފާރިން ޑިސްކަންޓް ލިބޭނެއެވެ.

އޭސް ހާޑްވެއާއިން ރާއްޖޭގައި ހިދުމަތް ފެށީ މީގެ ހަތް އަހަރު ކުރިން، 15 ޑިސެމްބަރ 2011 ގައެވެ. އެއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލްއާއި ދިވެހިރާއްޖޭގެ އަމިއްލަ ކުންފުންޏެއްކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާދެމެދު ވެވުނު އެއްބަސްވުމެއްގެދަށުން ފެށުނު ވިޔަފާރިއެކެވެ.