ރައްޔިތުންގެ މަޖިލިސް

މަޖިލީޙުގެ ތިން ވަނަ ދައުރު 15އާ ހަމަޔަށް ދަންމާލައިފި

Dec 4, 2018

ރައްޔިތުން މަޖިލީހުގައި މިހާރު ހިނގަމުން މިދާ ތިން ވަނަ ދައުރު އަނެއްކާ ވެސް އިތުރު ކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މީގެ ކުރިން، މަޖިލީހުން ނިންމީ މަސައްކަތްތަކެއް ހުރުމުން މަޖިލީހުގެ ތިން ވަނަ ދައުރު މާދަމާގެ ނިޔަލަށް އިތުރު ކުރާށެވެ. އެހެން ނަމަވެސް މިއަދު މަޖިލިސް ޖަލްސާ ފެށުމާ އެކު، މަޖިލީހުގެ ރައީސް، ގާސިމް އިބްރާހިމް ވިދާޅުވީ މަޖިލީހުގެ ތެރެއިން ނިންމަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ހުރި ކަމަށެވެ. އަދި މާދަމާ ދައުރު ނިމުމުގެ ކުރިން އެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެން ކަމުން ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު މަޖިލީހުގެ މި ދައުރު މި މަހުގެ 15 ވަަނަ ދުވަހަށް އިތުރު ކުރަން ރިޔާސަތުން ހުށަހެޅުއްވި އެވެ.

އެ ހުށަހެޅުން ފާސްވީ، ވޯޓްގައި ބައިވެރިވި 26 މެންބަރުންގެ އިއްތިފާގުން އެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ތިން ވަނަ ދައުރަކީ، އޮގަސްޓް 27 އިން ފެށިގެން މި ނޮވެމްބަރު މަހުގެ ނިޔަލަށެވެ.