ވިޔަފާރި

އަމާނާ ތަކާފުލް އިން އިންޝުއަރެންސުގެ ހާއްސަ އިވެންޓެއް ބާއްވަނީ

Dec 5, 2018

އަމާނާ ތަކާފުލް އިން އިންޝުއަރެންސަށް ހޭލުންތެރި ކުރުވަން ހާއްސަ އިވެންޓެއް މާދަމާ ބާއްވަން ތައްޔާރު ވެއްޖެ އެވެ.

އަމާނާ ތަކާފުލް އިން އަހަރު ނިމުމާ ދިމާކޮށް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ދާނީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 10 އަކުން ފެށިގެން މެންދުރު ދޭއެއް ސްޓެލްކޯ ހެޑް އޮފީސް، އަމީނީމަގު، މާލެ ކުރިމަތީގަ އެވެ.

މި ފަހަރު ބާއްވަން ހަމަ ޖެހިފައިވާ ހަރަކާތުގައި އާންމުންނަށް ވަރަށް ބޭނުންތެރި ޕެކޭޖެއް ތަޢާރަފް ކުރެވިގެންދާނެ އެވެ. މި ޕެކޭޖުގެ ދަށުން "ތާޑް ޕާޓީ" ގެ އިތުރުން އުޅަނދު ދުއްވާފައި ދަނިކޮށް ނުވަތަ ޕާކް ކޮއްފައި ހުއްޓާ ދިމާވާ އެކްސިޑެންޓް ތަކަށް ބަދަލުދެވޭނެއެވެ. މީގެ އިތުރުން އުޅަނދު ވަގަށް ނެގުމުން ބަދަލުދެވޭ އެޑް-އޮން އެއްވެސް ތައާރަފު ކުރެވޭނެ އެވެ. މި ޕެކޭޖުގެ މަގުސަދަކީ އާންމުގޮތެއްގައި ކޮންޕްރިހެންސިވް އިންޝުއަރެންސްގެ ދަށުން ލިބިގެންދާ ފައިދާތައް އަގުހެޔޮ ކޮށް އާންމުންނަށް ފޯރުކޮށް ދިނުމެވެ.

މި ޕެކޭޖުގެ މަގުސަދަކީ އާންމުގޮތެއްގައި ކޮންޕްރިހެންސިވް އިންޝުއަރެންސްގެ ދަށުން ލިބިގެންދާ ފައިދާތައް އަގުހެޔޮ ކޮށް އާންމުންނަށް ފޯރުކޮށް ދިނުމެވެ.

އަމާނާ ތަކާފުލް އިން މެދުނުކެނޑި އަހަރުގެ އެކި ހިސާބުތަކުގައި ދަނީ ތަފާތު ހަރާކާތްތައް ބާއްވަމުންނެވެ. ހަމައެއާއިއެކު އާންމުންގެ ފަރާތުން މިފަދަ ހަރަކާތް ތަކަށް ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ވީމާ، މިފުރުސަތުގެ ބޭނުން ހިފާ ޕެކޭޖުގެ ހިދުމަތް ހޯދުމަށް އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.