ވިޔަފާރި

މިދިޔަ މަހުގެ އާމްދަނީ ލަފާކުރި ވަރަށްވުރެ 5.2 ޕަސެންޓް އިތުރުވެއްޖެ

Dec 11, 2018

މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ކުރިން ލަފާކުރި ވަރަށްވުރެ 5.3 ޕަސެންޓް އިތުރުވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށް ޖުމްލަ 985 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 935.8 މިލިއަން ރުފިޔާ އެވެ. މިއީ ކުރިން ލަފާކުރި ވަރަށްވުރެ 5.3 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިއީ ނޮވެމްބަރު މަހާ އަޅާ ބަލާއިރު ވެސް 5.2 ޕަސެންޓް އިތުރު ވުމެކެވެ.

މީރާއިން ބުނި ގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބަޔަކީ ޖީއެސްޓީ އެވެ. ޖީއެސްޓީއިން 643 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ބީޕީޓީގެ ގޮތުގައި 57 މިލިއަން ރުފިޔާ އެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި 66 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން އަދި އެއާޕޯޓް ޑިވްލޮޕްމަންޓް ފީގެ ގޮތުގައި 53 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން ބުނި ގޮތުގައި މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރެއިން ޑޮލަރުން ލިބުނު އާމްދަނީއަކީ 39.2 މިލިއަން ޑޮލަރެވެ.