ހަބަރު

ކުޑަ ކުއްޖެއް ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ސީރިއަސް ހާލަތުގައި

ހަދަމުންދާ އިމާރާތެއްގެ ބައެއް މަގު މައްޗަށް އަރި އަޅާލާފައި: މިފަދަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަ ކުއްޖަކަށް ވަނީ އަނިޔާވެފައި. -
0%
0%
0%

މަަފަންނު ސަންފްރަންޓު އިމާރާތުން ވެއްޓުނު ސިމެންތި ބަސްތާއެއް، މަގުން ހިނގާފައި ދިޔަ ކުޑަ ކުއްޖެއްގެ ބޮލުގައި ޖެހި އެ ކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެ އެވެ.

މިއަދު 10:45 ހާއިރު ހިނގި މި ހާދިސާގައި އަނިޔާ ވެފައިވަނީ ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށެވެ. މައުލޫމާތު ލިބޭ ގޮތުގައި ސިމެންތި ބަސްތާ ވެއްޓި ޖެހުނީ ސީދާ އެކުއްޖާގެ ބޮލުގަ އެވެ. ޖެހުނު ގޮތަށް އެ ކުއްޖާ ވަނީ ހޭނެތި ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ، އަނިޔާވި ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެނައީ ހެނދުނު 11:15 ހާއިރު ކަމަށެވެ. އެ ކުއްޖާއަށް ހޮސްޕިޓަލުގައި އަދިވެސް ފަރުވާ ދެމުންދާއިރު، ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު އަދި ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910