ހަބަރު

ފެނަކައިގެ އެމްޑީ ކަމަށް ބޭފުޅަކު އައްޔަން ކޮށްފި

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ފެނަކަ އެމްޑީގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ގދ. ވާދޫ، މައިފޫނާގޭ، އަހުމަދު ސައީދު މުހައްމަދެވެ. އޭނާ (ފޮޓޯގައި) އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު އެވެ.

ފެނަކަ އެމްޑީގެ މަގާމުގައި މީގެ ކުރިން ހުންނެވީ މުހައްމަދު ލަމާން އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އިލެކްޝަން ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރުމާއި ގުޅިގެނެވެ. ޝަރީފްގެ ކުރިން އެ މަގާމުގައި ހުންނެވީ މުހައްމަދު ނިމާލެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާއެކު ކުންފުނިތަކުގައި ކުރިން ތިއްބެވި އިސްވެރިން ވަކިކޮށް އެ މަގާމްތަކަށް ދަނީ އާބޭފުޅުން އައްޔަން ކުރައްވަމުންނެވެ.