ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންތިހާބުގެ ބޭނުމުގައި އެއްވެސް މަޝްރޫއެއް ނުހިންގާނަން: ރައީސް

ތ. ހިރިލަންދޫގެ ފެނަކަ އާ އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފިސް
0%
0%
0%

މިއަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ނިޔަތުގައި އެއްވެސް މަޝްރޫއެއް ނުހިންގަވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައި މިވަނީ ތ. ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އެރަށަށް ވަޑައިގެން އެރަށުގެ ފެނަކަ އާ އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރީ ސަރުކާރުތަކުގައި އިންތިހާބުތަކާއި ދިމާކޮށް ބައިވަރު މަޝްރޫތައް ހިންގި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިންތިހާބު ކާމިޔާބު ކުރުމަށް ކުރެވޭނެ ހުރިހާ ކަމެއް ކުރިތަން ފެނިގެން ދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ.

"ނަތީޖާ އަކީ ރާއްޖެއަށް މިލިބޭ އާމްދަނީއާ އަޅާ ބަލާއިރު ރާއްޖެ ތަރައްގީވާން އޮތް ވަރަށް ނުވެ އޮތުން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ މިހާރުގެ ސަރުކާރުން މަސައްކަތްތައް ބައްޓަން ކޮށްފައި ވަނީ އެގޮތަށް ނޫން ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ އެއްވެސް ރަށެއް ބާކީ ނުކޮށް ހުރިހާ ރަށަކަށް ހަމަހަމަ ކަމާއެކު އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުންކަން ރައީސް ސޯލިހް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރަމުން ދަނީ ރިޔާސީ އިންތިހާބަށް ނުވަތަ މަޖިލިސް އިންތިހާބަށް އަމާޒުކޮށްގެން ނޫން ކަމަށާއި މި ސަރުކާރުގެ ވިސްނުން ތަފާތުވާނެ ކަމަށެވެ.

ރަށްރަށަށް ކުރިން ކަރަންޓު ލިބުނު ނަމަވެސް އެކަންވެފައިވަނީ ރައްޔިތުންނަށް ވޭނަކަށް ކަމަށާއި ޓީވީ، ދޮންނަ މެޝިން ފަދަ ތަކެތި ވަރަށް އަވަހަށް ހަލާކުވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް މިހާރު ފެނަކައިން މަސައްކަތް ކުރަމުން ދަނީ ދުރު ރާސްތާއަށް ބަލައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ތިބޭފުޅުން ނިންމަވާނީ ދެން ކަން ކުރަންވީ ގޮތް. ތަރައްގީއަށްޓަކާ ފެށިފަ މިހުރި މަސައްކަތްތަކައިގެން ކުރިއަށް ދާނީތޯ ނޫނީ މަޑުޖެހި ތިބޭނީތޯ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910