ހަބަރު

މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Dec 18, 2018

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މިރޭގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ މ. ހާޑްރޮކް ގޭގެ ދެވަނަ ފްލޯގައި ކަމަށެވެ. އެ ހާދިސާ ހިނގީ ކަރަންޓު ޝޯޓެއް ވެގެން ކަމަށާއި އެ ތަނުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ. އަދި ސިފައިން މިހާރު އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށާއި ނަމަވެސް ދުންގަނޑު ބޯކޮށް އޮތް ކަމަށް އާޒިމް ވިދާޅުވި އެވެ.