ހަބަރު

ދޯންޏެއްގެ ފަލުކާ ސާފުކުރަން ފޭބި ދެމީހަކު ހާލުބޮޑުވެގެން އެމްއެންޑިއެފުން އެހީތެރިވަނީ

މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގެ ފަލުކާ ސާފުކުރަން ފޭބި ދެމީހަކު ހާލުބޮޑުވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ބ. ތުޅާދޫ "އާކް" ނަމަކަަށް ކިޔާ ދޯނީގެ ފަލުކާ ސާފު ކުރުމަށް ފޭބި 2 ފަޅުވެރިއަކު ނޭވާލާން އުނދަގޫވެ ހާލު ދެރަވުމާއި ގުޅިގެން އެމްއެންޑީއެފް ނޯދާން އޭރިއާގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 6:40 ގައި ކަމަށް ސިފައިން ބުންޏެވެ. އެ ދޯނި އޮތީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން 12 ނޯޓިކަލް މޭލު ދުރުގަ އެވެ. އަދި އެ ސަރަހައްދަށް ދިއުމަށްޓަކައި ހއ. ހޯރަފުށީ ސީ އެމްއްބިއުލާންސް މެޑިކަލް ޓީމަކާއެކު ދަތުރު ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.