ފޮރިން މިނިސްޓްރީ

އެހީ ހޯއްދަވަން ތިން މިނިސްޓަރަކު ޖަޕާނަށް

މިއަދު "އަވަސް" އަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޓަވިއު ދެއްވަނީ. -- އަވަސް ފޮޓޯ: މުހައްމަދު އަފްރާހު
0%
0%
0%

ރާއްޖެއާ ޖަޕާނާ އޮތް އެކުވެރިކަމުގެ ގުޅުން ބަދަހިކޮށް ރާއްޖެއަށް އިތުރު އެހީ ހޯދުމަށް ތިން މިނިސްޓަރަކު ޖަޕާނަށް ފުރާ ވަޑައިންފި އެވެ

ފޮރިން މިނިސްޓަރު އަބަދުﷲ ޝާހިދު ކުރެެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ރައީސް އިބަރާހީމް މުހައްމަދު ސޯލިހުގެ އިންޑއާގެ ދަތުރުފުޅަށް ފަހު، އޭނާ އާއި އެކޮނޮނިމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އަދި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރް ޖަޕާނު ސަރުކާރުގެ އިސްމީހުނާ ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ގޮތުން މިވަގުތު ތިއްބެވީ ޖަޕާނުގައި ކަމަށެވެ.

ފޮރިން މިނިސްޓަރު، ރައީސް ސޯލިހު އާއެކު ކުރެއްވި އިންޑިއާ ދަތުރުފުޅުގައި ރާއްޖެއަށް ވަނީ ފައިސާގެ އެހީގެ އިތުރުން އެހެނިހެން ދާއިރާތަކުން އެހީދޭން ނިންމާފަ އެވެ. މިނިސްޓަރުން ޖަޕާނަށް ދަތުރު ފުޅު ކުރެއްވިއިރު، އިއްޔެ ހެދުނު އެންވަޔަރުމެންޓް މިނިސްޓިރީ އަދި ޖަޕާނުގެ ކުންފުންޏަކާއެކު، ރާއްޖެ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ދެހާސް ހަތަރުވަނަ ވަނަ އަހަރު ރާއްޖެއަށް ސުނާމީ އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށްވެސް ޖަޕާނު ސަރުކާރުން ވަނީ އެހީވެދީފަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910