ހަބަރު

އަލުން ގުޅެން ނިންމުމުން ކޮމަންވެލްތް ގެ މަރުހަބާ ރާއްޖެ އަށް

ޕެޓްރިޝިއާ ސްކޮޓްލެންޑް: ކޮމަންވެލްޓްގެ ސެކެޓްރީ ޖެނަރަލް --
0%
0%
0%

ކޮމަންވެލްތް މެންބަރެއްގެ ގޮތުގައި ރާއްޖެ އަލުން ފެންނަން އުންމީދުކުރާ ކަމަށް ކޮމަންވެލްތްގެ ސެކެޓްރީ ޖެނަރަލް ޕެޓްރީޝިއާ ސްކޮޓްލަންޑް ވިދާޅުވެއްޖެ އެވެ.

ކޮމަންވެލްތާ އަލުން ގުޅުމަށް ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ނިންމެވުމަށް މަރުހަބާ ދަންނަވައި ސެކްޓްރީ ޖެނަރަލްގެ ފަރާތުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކޮމަންވެލްތުން ވަކިވުމަށް ރާއްޖެއިން ނިންމުމުން އެއީ ވަގުތީ ނިންމުމަކަށް ވުމަށް އެކަމަނާ އުންމީދުކުރެއްވި ކަމަށެވެ. އެހެންކަމުން އަލުން ގުޅުމަށް ރާއްޖެއިން ނިންމި ނިންމުމަކީ ތަރުހީބުދެއްވާ ކަމެއް ކަމަށް ވެސް ޕެޓްރީޝިއާ ވިދާޅުވި އެވެ.

"މެންބަރަކަށް ވުމަށް ރާއްޖޭން ނިންމި ނިންމުމަށް މަރުހަބާކިޔަން. ރާއްޖޭގެ ހުށަހެޅުމަށް ގޮތެއް ނިންމުން ކުރިއަށްދާއިރު، ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމަކީ އުންމީދުކުރާ ކަމެއް،" ޕެޓްރީޝިއާގެ ސްޓޭޓްމަންޓްގައި ވިދާޅުވެފައިވެ އެވެ.

ރާއްޖެއިން ކޮމަންވެލްތްގައި އަލުން ބައިވެރިވާން ހުށަހެޅީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. ކޮމަންވެލްތްގައި އަލުން ބައިވެރިވާން ހުށަހެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކޮމަންވެލްތާ އަލުން ގުޅުމަށް ކެބިނެޓް ފާސްކޮށް، އިއްޔެ އެކަމަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ރުހުން ލިބުމާ ގުޅިގެން ރައީސް ސޯލިހު، ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް، ޕެޓްރީޝިއާ ސްކޮޓްލެންޑް އަށް ވަނީ ސިޓީއެއް ފޮނުއްވައި ރާއްޖެ އަލުން ކޮމަންވެލްތްގައި ބައިވެރިވާން ބޭނުންވާ ކަމަށް ދަންނަވާފައި ކަމަށެވެ. އެ ސިޓީގައި ރައީސް ސޯލިހު ވަނީ ރާއްޖެއިން ކޮމަންވެލްތްގެ ޗާޓަރު ގަބޫލުކޮށް އެ ޖަމާއަތުން ނަގަހައްޓާ އުސޫލުތަކަށް ރާއްޖެއިން އިހުތިރާމް ކުރާނެ ކަމުގެ ޔަގީން ކަން ދެއްވައިފަ އެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމައި، މަޖިލީހުން އޭރު ފާސްކުރީ، އޮކްޓޯބަރު، 13، 2013 ގަ އެވެ. ރާއްޖެ އޭރު ކޮމަންވެލްތުން ވަކިވާން ނިންމީ، ސަރުކާރުގެ އޭރުގެ އަމަލުތަކާ ގުޅިގެން އެ ޖަމާއަތުން ރާއްޖެ ސަސްޕެންޑް ކުރަން މަސައްކަތް ކުރުމުންނެވެ.

ރާއްޖެ އެންމެ ފުރަތަމަ ކޮމަންވެލްތްގެ މެންބަރަކަށްވީ، 9 ޖުލައި 1982ގަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910