ދިރާގު

ދިރާގު ރޯދަ ޕްރޮމޯގެ ނަސީބުވެރިން އުމްރާއަށް ފުރައިފި

ކޮންމެ ރޯދަ މަހަކާ ދިމާކޮށް ދިރާގު ބާއްވާ "ރޯދަ ޕްރޯމަޝަން" ގެ ދަށުން އުމްރާ ދަތުރު ލިބުނު ދެ ނަސީބުވެރިން އުމްރާގެ އަޅުކަމަށް އިއްޔެ ފުރައިފި އެވެ.

މި ޕްރޯމަޝަންގެ ނަސީބުވެރިން ގުރުލައިގެން ހޮވީ، ޓީވީއެމް އިން ރޯދަމަހަށް ހާއްސަކޮށް ގެނެސްދޭ، "މިވަގުތު" ޕްރޮގްރާމްގެ ތެެރެއިން ލައިވްކޮށެވެ. ގުރުއަތުން ހޮވުނު ދެ ފަރާތުގެ އުމްރާ ދަތުރުގެ ހުރިހާ ހަރަދެއް ކުރާނީ، ދިރާގުން އެވެ.

ދިރާގުން ބުނާ ގޮތުގައި މި ޕްރޮމޯޝަނަކީ އެކުންފުނިން ބާއްވާ އެންމެ އަގުބޮޑު ޕްރޮމޯޝަން އެވެ. އަދި މިއީ ދިރާގުގެ ކަސްޓަމަރުންގެ އަގު ވަޒަންކޮށް އެ މީހުންނަށް ޝުކުރު އަދާކުރުމުގެ މަގުސަދުގައި ވެސް ބާއްވާ ޕްރޮމޯޝަނެކެވެ.

އުމްރާއަށް ފުރި ކަސްޓަމަރުންނަށް ބާރަކާތްތެރި އަދި ބާއްޖަވެރި އުމްރާއަކަށް ދިރާގުން ވަނީ އެދިފަ އެވެ.

ދިރާގުން ގެންދަނީ، ކަސްޓަމަރުންނަށް ބޭނުންތެރި އަދި ކޮންމެ މޫސުމަކާއި ގުޅޭ ފަދަ އަގުހުރި ޕްރޮމޯޝްތަކާއި ހަދިޔާތައް ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އެވެ.