ހަބަރު

ސަމާލުވޭ! ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދައަރާފާނެ

Dec 23, 2018
1

ދިޔަވަރު އެންމެ ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ބައެއް ހިސާބުތަކަށް އުދަ އަރާފާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެ ކަމަށާއި ވައިޖެހޭނީ ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ، މޫސުން ރަނގަޅު ނަމަވެސް ދިޔަވަރު އެންމެ ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. އެގޮތުން އެންމެ ދިޔަ ބޮޑުވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވަނީ، އުތުރުގެ ސަރަހައްދުތަކަށް މިއަދު މެންދުރު 11:09 އެހާއިރު، މެދު ރާއްޖޭގެ ސަރަހައްދުތަކަށް މިއަދު މެންދުރު 12:47 ހާއިރު އަދި ދެކުނުގެ ސަރަހައްދުތަކަށް މެންދުރުފަހު 1:49 އެހާއިރު ކަމަށެވެ.

މިއަދު މެންދުރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާނެ ކަމަށް މެޓް އޮޮފީހުން ލަފާކޮށްފައިވާއިރު، ރޭ ވަނީ މާލޭގެ ބައެއް ސަރަހައްދުތަކަށްވެސް އުދަ އަރާފަ އެވެ.