ހަބަރު

އެލްޖީއޭގެ ރައީސް ކަމަށް މިނިސްޓަރު އިމްރާން ހަމަޖައްސަވައިފި

ލޯކަލް ގަވަރުމެންޓް އޮތޯރިޓީ، އެލްޖީއޭގެ ރައީސް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ހަމަޖައްސަވައިފި އެވެ.

ހޯމް މިނިސްޓްރީން ބުނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގައި މަތީން އެލްޖީއޭއާ ގުޅޭގޮތުން ރައްޔިތުން މަޖިލިސް އަށް ޖަވާބުދާރީ ވެވަޑައިގެންނެވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމަގާމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ، ހަމަޖައްސަވާފައިވާ ކަމަށެވެ.

ގާނޫނު އަސާސީގެ 140 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި އެލްޖީއޭގެ ބޯޑަށް ރައީސްގެ ފަރާތުން ބޭފުޅަކު އައްޔަން ކުރައްވަން ޖެހޭނެ ކަމަށެވެ.

އާންމު ގޮތެއްގައި އެލްޖީއޭގެ ރައީސް ކަމަށް އައްޔަން ކުރައްވަނީ އެވަގުތަކު ހުންނަ ހޯމް މިނިސްޓަރެކެވެ. މީގެ ކުރިން އެލްޖީއޭގެ ރައީސް ކަމުގެ މަގާމުގައި ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އެވެ.