މެންޗެސްޓާ ސިޓީ

ސިޓީ އިނދަޖެހިއްޖެ، ލިވަޕޫލުން ބޮޑު ލީޑެއް ނަގައިފި

މިރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން 2-1 ން ބަލިވެ، ލީގްގައި ޖެހިޖެގެން ދެ ވަނަ ފަހަރަށް ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ތިންވަނަ މަގާމަށް ފުރޮޅާލައިފި އެވެ.

މިދިޔަ ހަފުތާގައި، ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުންވެސް ސިޓީ ވަނީ ބަލިވެފަ އެވެ. މިއީ މި ސިޒަންގެެ ޕްރިމިއާ ލީގްގައި ސިޓީ ބަލިވި ތިން ވަނަ މެޗެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންކަން ސިޓީ ހޯދިއިރު އެ ޓީމު ބަލިވީ ދެ މެޗުންނެވެ.

ސިޓީއަށް ލިބުނު ދެރައިން، ފައިދާ ނެގީ ތާވަލުގެ އެއް ވަނައިގައި މިހާރު ދަމަހައްޓަމުން އަންނަ ލިވަޕޫލްއާއި މިރޭ ބޯންމައުތުގެ މައްޗަށް ތަފާތު ބޮޑު މޮޅަކުން ކުރި ހޯދި ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ޓޮޓެންހަމް ވަނީ ތާވަލުގެ ދެ ވަނައަށް ޖެހިލާފަ އެވެ. ނިއުކާސަލް ޔުނައިޓަޑާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލް ކާމިޔާބު ކުރީ 4-0 ންނެވެ.

މިރޭ ކުޅުނު މެޗުގައިވެސް ފުރަތަމަ ލީޑް ނެގީ ސިޓީންނެވެ. ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ސިޓީއިން ލީޑް ނެގި އެވެ. މިރޭވެސް ދިމާވީ އެދުވަހު ދިމާވިހެންނެވެ. ލީޑްގައި އެ ޓީމަށް ހިފަހައްޓާ ނުލެވުނެވެ. ލީޑްގައި ސިޓީއަށް ހިފަހައްޓާ ލެވުނީ ފަސް މިނެޓް އެވެ.

ޖެމީ ވާޑީ ތަނަވަސް ކޮށްދިން ފުރުސަތަކުން، ލެސްޓާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މާކް އަލްބްރޮއިޓޮން އެވެ. ލެސްޓާ މޮޅުވި ލަނޑު 81 ވަނަ މިނެޓްގައި ކާމިޔާބު ރިކާޑޯ ޕިރޭރާ އެވެ. މެޗުގެ 89 ވަނަ މިނެޓްގައި ސިޓީގެ ފަބިއަން ޑެލްފްއަށް ވަނީ ރަތް ކާޑު ދައްކާފަ އެވެ.

ނިއުކާސަލް ޔުނައިޓަޑާ ދެކޮޅަށް ލިވަޕޫލް ފުރަތަމަ ކާމިޔާބު ކުރީ، ޑީޖާން ލޮވްރެން އެވެ. ދެ ވަނަ ލަނޑު މުހައްމަދު ސަލާހް ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. ތިން ވަނަ ލަނޑު ޒާދާން ޝަކީރީ އެވެ. ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ފަބިނޯ އެވެ.

ބޯންމައުތު ކޮޅަށް ޓޮޓެންހަމް ކާމިޔާބު ކުރި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ، ސަން ހިއުންގް މިން އެވެ. އަނެއް ތިން ލަނޑު ކާމިޔާބު ކުރީ ހެރީ ކޭން އާއި ކްރިސްޓިއަން އެރިކްސަންގެ އިތުރުން ލޫކަސް މޫރާ އެވެ.

މޮޅާއެކު ލިވަޕޫލް ވަނީ 51 ޕޮއިންޓް ހަމަ ކޮށްފަ އެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމްއަށް 45 ޕޮއިންޓެވެ. ސިޓީއަށް ލިބިފައި ވަނީ 44 ޕޮއިންޓެވެ.

ނިއުކާސަލް ޔުނައިޓަޑާ ދެކޮޅަށް ލިވަޕޫލް ފުރަތަމަ ކާމިޔާބު ކުރީ، ޑެޖާން ލޮވްރެން އެވެ. ދެ ވަނަ ލަނޑު މުހައްމަދު ސަލާހް ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. ތިން ވަނަ ލަނޑު ޒާދާން ޝަކީރީ އެވެ. ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ފަބިނޯ އެވެ.

ބޯންމައުތު ކޮޅަށް ޓޮޓެންހަމް ކާމިޔާބު ކުރި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ، ސަން ހިއުންގް މިން އެވެ. އަނެއް ތިން ލަނޑު ކާމިޔާބު ކުރީ ހެރީ ކޭން އާއި ކްރިސްޓިއަން އެރިކްސަންގެ އިތުރުން ލޫކަސް މޫރާ އެވެ.

މޮޅާއެކު ލިވަޕޫލް ވަނީ 51 ޕޮއިންޓް ހަމަ ކޮށްފަ އެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމްއަށް 45 ޕޮއިންޓެވެ. ސިޓީއަށް ލިބިފައި ވަނީ 44 ޕޮއިންޓެވެ.