ފޮރިން މިނިސްޓްރީ

ވިސާއާ ނުލާ ދިވެހިންނަށް ޔޫއޭއީއަށް އެތެރެވެވޭނެ ގޮތް ހަމަޖައްސައިފި

މާދަމާއިން ފެށިގެން ޔޫއޭއީ އަށް ދާން ދިވެހިންނަށް ވިސާ ނަގަން ނުޖެހޭ ކަމަށް ފޮރިން މިިނިސްޓިރީއިން މިއަދު އިއުލާންކޮށްފި އެވެ.ވިދާޅުވެެއްޖެ އެވެ.

މިއަދު ފޮރިން މިނިސްޓިރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދް ހަލީލް ވިދާޅުވީ، ޔޫއޭއީގެ ސަރުކާރުން ދިވެހިންނަށް ހިލޭ ވިސާ ފޯރުކޮށްދިނުމަށްޓަކައި ހަމަޖައްސަން ޖެހޭ ހުރިހާ އިންތިޒާމެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެކަން އެ ގައުމުގެ ސަރުކާރުން ރަސްމީކޮށް ދިވެހި ސަރުކާރަށް މިހާރު އަންގާފައިވާ ކަަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

"ޔޫއޭއީ ސަރުކާރުން ކުރައްވަން ޖެހޭ ހުރިހާ އިންތިޒާމެއް ވަނީ މިހާރު ހަމަޖައްސާފަ އެއާ ލައިންތަކަށް ވެސް އެކަން ވަނީ މިހާރު އަންގާފައި،" ހަލީލް ވިދާޅުވި އެވެ

އޭނާ އިތުރަށް ވިދާޅުވީ، ޔޫއޭއީއަށް ދާން ދިވެހިން ވިސާ ނަގަން ނެޖެހުމުގެ ސަބަބުން، އެކަމުގެ ފަސޭހަ ދިވެހިންނަށް ވަރަށް ބޮޑަށް ކުރާނެ އެވެ. ޔޫއޭއީ އަށް ދަތުރުކުރުމަށް އެއް މަސް ދުވަހަށް، އޮންއެރައިވަލް ވިސާ ލިބުނު ނަމަވެސް އެހެން ބޭނުންތަކަށް ވިސާ ނަގާއިރު ފައިސާ ދައްކަން އަދިވެސް ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ގަލްފުގެ އެހެން ބައެއް ގައުމުތަކަށް ވެސް ދިވެހިންނަށް ވިސާ އާނުލާ ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ހާމަކުރެއްވި އެވެ.