ކަރަންޓުގެ އަގު ހެޔޮ ކުރަން ކުރަންޖެހޭ މަސައްކަތް ފަށާފައިވާާ ކަމަށާއި ވަރަށް އަވަހަށް ކަރަންޓުގެ އަގު ހެޔޮ ކުރާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު އެހެން ވިދާޅުވީ ރާއްޖެ ޓީވީގެ ޕޮރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަމުންނެވެ. އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއްގެ ގޮތުގައި ހިމަނާފައިވާ ކަރަންޓުގެ އަގު ހެޔޮ ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި
އެ މަސައްކަތް ނިމުމުން އަގު ހެޔޮވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރައްވާނެ ސީދާ ތާރީހެއް ވިދާޅެއް ނުވެއެވެ.
އޭނާ އެ ޕްރޮގްރާމްގައި އިތުރަށް ވާހަކަފުޅު ދއްކާވާފައި ވަނީ ފެނަކައިގެ މާލީ ހާލަތާ ބެހޭ ގޮުންނެވެ. ވިދާޅުވީ އެ ކުންފުނީގެ މާލީ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި ދައުލަތުގެ އެހީތެރިންކަން ފޯރުކޮށް ނުދީފިނަމަ ހާލަތު ގޯސްވާނެ ކަމަށެވެ.