ހަބަރު

އިސްލާމިކު މިނިސްޓްރީގެ ނައިބަކަށް ޝާފިއު އައްޔަންކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަގާމަށް ފުވައްމުލަކު ސިޓީ މާދަޑު. ނަޒާ، ޝާފިއު އަލީ އައްޔަނު ކުރައްވައިފި އެވެ.

ޝާފިއު އަކީ މީގެ ކުރިން ތައުލީމީ ދާއިރާގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ސެކަންޑަރީ އަދި ހަޔާ ސެކަންޑަރީ ޓީޗަރެއްގެ ގޮތުގައި ޝާފިއު މަސައްކަތް ކުރައްވާފައިވެ އެވެ. އެ މަރުކަޒުގެ ލީޑިން ޓީޗަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވެވި އެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީ، އައިޑިއަލް ސްކޫލްގެ ޕްރިންސިޕަލް ކަންވެސް ޝާފިއު ކުރެއްވެވި އެވެ.

ޝާފިއު ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީއިން ބެޗެލާ އޮފް ޓީޗިން – ސެކަންޑަރީ ހާސިލު ކުރައްވާފަ އެވެ.