ހޮލީވުޑް

"ބޮހީމިއަން ރެޕްސޮޑީ" އާއި "ގްރީން ބުކް"އަށް ގޯލްޑަން ގްލޯބްސްއިން ބޮޑު ކާމިޔާބެއް!

އޮސްކާ އަށްފަހު ހޮލީވުޑްގައި އެންމެ ކުލަގަދަކޮށް ފާހަގަ ކުރާ އެވޯޑު ހަފްލާ އަކީ ގޯލްޑަން ގްލޯބްސް އެވެ. މިއަދު ބޭއްވި 76 ވަނަ ގޯލްޑަން ގްލޯބްސް އެވޯޑްސްގެ ރެޑް ކާޕެޓްގައި ހޮލީވުޑް ތަރިންގެ ތަފާތު ހެދުންތައް ދައްކާލުމަށްފަހު، ކެލިފޯނިއާގެ، ދަ ބެވަލީ ހިލްޓަން ބޯލްރޫމްގައި އެވޯޑު ހަފްލާ ބޭއްވުނެވެ.

މިއަހަރުގެ ގޯލްޑަން ގްލޯބްސްގައި، އެންމެ މޮޅު ފިލްމުގެ އެެވޯޑު ހިއްލާލަމުން، "ބޮހީމިއަން ރެޕްސޮޑީ" އިން ވަނީ ބެލުންތެރިންގެ އުއްމީދުތައް ހާސިލްކޮށްދީފަ އެވެ. މި ފިލްމުގެ ރާމީ މަލެކް ވަނީ އެންމެ މޮޅު އެކްޓަރު ފިލްމު ކެޓަގަރީގެ ޝަރަފުވެރި ވަނަ ވެސް ކާމިޔާބު ކޮށްފަ އެވެ. އަދި، ކޮމެޑީ ޑްރާމާ ފިލްމު "ގްރީން ބުކް" އަށް ތިން އެެވޯޑު ލިބި، ބެލުންތެރިންނާއި މުޅި އޯޑިއެންސް ސިއްސުވާލި އެވެ.

  • ބެސްޓް މޯޝަން ޕިކްޗާ ޑްރާމާ - "ބޮހީމިއަން ރެޕްސޮޑީ"
  • ބެސްޓް އެކްޓްރެސް އިން މޯޝަން ޕިކްޗާ - ގްލެން ކްލޯސް، "ދަ ވައިފް"
  • ބެސްޓް އެކްޓާ އިން މޯޝަން ޕިކްޗާ - ރާމީ މަލެކް، "ބޮހީމިއަން ރެޕްސޮޑީ"
  • ބެސްޓް މޯޝަން ޕިކްޗާ މިއުޒިކަލް / ކޮމެޑީ - "ގްރީން ބުކް"
  • ބެސްޓް އެކްޓްރެސް އިން މޯޝަން ޕިކްޗާ މިއުޒިކަލް / ކޮމެޑީ - އޮލީވިއާ ކޮލްމަން، "ދަ ފޭވަރިޓް"
  • ބެސްޓް އެކްޓާ އިން މޯޝަން ޕިކްޗާ މިއުޒިކަލް / ކޮމެޑީ - ކްރިސްޓިއަން ބޭލް، "ވައިސް"
  • ބެސްޓް މޯޝަން ޕިކްޗާ އެނިމޭޝަން - ސްޕައިޑާ މޭން، "އިންޓުދަ ސްޕައިޑާ ވޯސް"
  • ބެސްޓް މޯޝަން ޕިކްޗާ ފޮރިން ލޭންގުވިޖް - "ރޯމާ"، މެކްސިކޯ
  • ބެސްޓް ސަޕޯޓިންގ އެކްޓްރެސް އިން އެނީ މޯޝަން ޕިކްޗާ - ރެޖީނާ ކިންގް، "އިފް ބީލް ސްޓްރީޓް ކުޑް ޓޯކް"
  • ބެސްޓް ސަޕޯޓންގ އެކްޓާ އިން އެނީ މޯޝަން ޕިކްޗާ - މަހެރްސަލާ އަލީ، " ގްރީން ބުކް"
  • ބެސްޓް ޑައިރެކްޓާ މޯޝަން ޕިކްޗާ - އަލްފޮންސޯ ކުއަރޮން، "ރޯމާ"
  • ބެސްޓް ސްކްރީންޕްލޭ މޯޝަން ޕިކްޗާ - ނިކް ވަލެލޮންގާ، ބްރަޔަން ކަރީ އަދި ޕީޓާ ފަރެލީ "ގްރީން ބުކް"
  • ބެސްޓް އޮރިޖިނަލް ސްކޯ އިން އެނީ މޯޝަން ޕިކްޗާ - ޖަސްޓިން ހާވިޓްޒް، "ފަސްޓް މޭން"
  • ބެސްޓް އޮރިޖިނަލް ސޯންގް އިން އެނީ މޯޝަން ޕިކްޗާ - "ޝެލޯ"، "އަ ސްޓާ އިސް ބޯން"

ގިނަ ފާޑުކިޔުންތަކަކަށްފަހު، މިއަހަރުގެ ގޯލްޑަން ގްލޯބްސް އެވޯޑު ހުށަހެޅީ، ޑްރާމާ ސީރީޒް ގްރޭޒް އެނަޓޮމީ އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދި، ސެންޑްރާ އާ، އާއި އެންޑީ ސެމްބާގް އެވެ. މިއަހަރުގެ އެވޯޑް ހަފްލާގައި ސެންޑްރާ އަށް ވަނީ، އެންމެ މޮޅު އެކްޓްރެސް އިން ޓީވީ ސީރީސް، ޑްރާމާގެ ރަން ވަނަ ވެސް ލިބިފަ އެވެ. މިއީ 39 އަހަރުތެރޭ އޭޝިއާ ބައްރުގެ މީހަކަށް އެންމެ މޮޅު ޓީވީ އެކްޓްރެސްގެ އެވޯޑު ލިބުނު ފުރަތަމަ އަހަރެވެ. އަދި، ސެންޑްރާ ވަނީ އެންމެ ފުރަތަމަ އޮސްކާ ހުށަހަޅައިދިން އޭޝިއާ މީހާގެ ޝަރަފުވެސް ހޯދާފަ އެވެ.