ހޮލީވުޑް

ގޯލްޑަން ގްލޯބްސް 2019 އާއެކު ސަންޑްރާ ތާރީހުގެ ތެރެއަށް

ގޯލްޑަން ގްލޯބްސްގެ ކޯ ހޯސްޓް ސަންޑްރާ އޯ، މިއަހަރުުގެ އެވޯޑު ހަފްލާގައި ވަރަށް ހާއްސަ އެވެ. ސަންޑްރާ އަކީ 76 ގޯލްޑަން ގްލޯބްސް ހުށަހަޅައި ދިން ފުރަތަމަ އޭޝިއާގެ މީހާ އެވެ. އަދި މީގެ އިތުރުން، ޓިވީ ޑްރާމާތަކުން އެންމެ މޮޅު އެކްޓްރެސްގެ އެެވޯޑު 39 އަހަރު ފަހުން، އޭޝިއާ މީހަކަށް ލިބުނު ޝަރަފުވެސް ސެންޑްރާ މިވަނީ ހޯދާފަ އެެވެ.

ގޯލްޑަން ގްލޯބްސް ހުށަހަޅައިދިން ފުރަތަމަ އޭޝިއާ މީހާ

ހޮލީވުޑްގެ އެންމެ މަގުބޫލު އެވޯޑް ޝޯ، ގޯލްޑަން ގްލޯބްސްއަކީ ދޮން މީހުން ހުށަހަޅައިދޭ، އަދި އެމެރިކާ މީހުންނަށް ހާއްސަކުރެވިގެން ގެނެސްދޭ އެވޯޑު ހަފްލާ އެއް ގޮތަށް ފާހަގަކޮށް ބެލުނެތެރިން ދިޔައީ އަބަދުވެސް ފާޑު ކިޔަމުންނެވެ. ގޯލްޑަން ގްލޯބްސްގެ 76 ވަނަ އެެވޯޑު ހަފްލާ މިއަދު ބާއްވާފައިވާއިރު، މި ހަފްލާ އޭޝިއާ ބައްރުގެ މީހެއް ހުށަހަޅައިިދިން މިއީ ފުރަތަމަ ފަހަަރެވެ. މިއަހަރުގެ ޝޯ ހުށަހަޅައިދިން، ސަންޑްރާ އާ އަށް މި ޝަރަފު ލިބި، ޝޯ ފެށުމުގެ ކުރިން އޯޑިއަންސް އަށް ކުޑަ މެސެޖެއްވެސް ދިނެވެ. "މި ފުރުސަށް އަހަރެން އާނއެކޭ ބުނީ، މި އޯޑިއަންސްގެ ކުރިމަަތީ ބޮޑު ބަދަލެއް އަންނަ މަންޒަރު ދެކިލުމަށެވެ".

ޓީވީ ޑްރާމާތަކުގެ ކެޓަގަރީން އެންމެ މޮޅު ބަތަލާ ލިބުނު ފުރަަތަމަ އޭޝިއާ މީހާ


ސަންޑްރާ އަށް ގޯލްޑަން ގްލޯބްސް ހުށަހެޅުމުގެ އިތުރުން މި އަހަރުގެ ޝޯގައި ޓީވީ ޑްރާމާތަކުގެ ކެޓެގަރީ އިން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ލިބުނެވެ. މިއީ އޭޝިއާ މީހަކަށް ޓީވީ ޑްރާމާއިން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު 39 އަހަރު ފަހުން ލިބުނު ފުރަތަމަ ފަހަރެވެ. މީގެ 39 އަހަރު ކުރިން މި އެވޯޑު ލިބުނީ 1980 ގައި ޑްރާމާ "ޝޮގުން" އިން ޔޯކޯ ޝިމާޑާ އަށެވެ. ސަންޑްރާ އަށް މި އެވޯޑު ލިބުނީ އެމެރިކަން ޑްރާމާ "ކިލިންގް އީވް" އިންނެވެ.

މުޅި އޭޝިއާއިން ވެސް އެންމެ ގިނަ ގޯލްޑަން ގްލޯބްސް އުފުލާލި މިހާ

ސަންޑްރާ އާ އަށް މީގެ ކުރިންވެސް ވަނީ ގޯލްޑަން ގްލޯބްސްގެ އެވޯޑެއް ލިބިފަ އެވެ. ބެލުންތެރިންނަށް އެންމެ ކަމުގޮސްފައިވާ ސަންޑްރާގެ ޑްރާމާ ސީރީޒް، "ގްރޭސް އެނަޓޮމީ" އިން 2006ގައި ވަނީ އެންމެ މޮޅު ސަޕޯޓިންގ ރޯލުގެ އެވޯޑު ހޯދާފަ އެވެ. އެ އެވޯޑަށް ފަހު، މިއަހަރު ކުރިއަށް ޖައްސާލާ، ޖޫލިއާ ރޮބާޓްސް ފަދަ މަޝްހޫރުތަރިންނާ ވާދަކޮށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު މިފަހަރު ހޯދީ އެވެ.

މި އަހަރުގެ ގޯލްޑަން ގްލޯބްސް މިވީ ސަންޑްރާ އަށް ވަރަށްވެސް ހާއްސަ ހަފްލާ އަކަށެވެ. ޝޯ ހުށަހަޅައިދިނުމުގެ ބޮޑު ޝަރަފުގެ އިތުރުން ފާހަގަ ކޮށްލެވޭ އެވޯޑެއް ލިބުމުގެ އުފާވެސް ސަންޑްރާ އަށް ލިބި އޭނާގެ ނަން ގޯލްޑަން ގްލޯބްސްގައި ވިދާލީ އެވެ.