ބޮލީވުޑް

ރަންވީރުގެ ހުނަރު ރެޕް ލަވައަކުން ދައްކާލައިފި

ރަންވީރު ސިންގުގެ ކާމިޔާބު އަހަރަކަށް ފަހު، މި އަހަރަށްވެސް ތަފާތު ފިލްމުތަކެއް ނެރެން ތާވަލުކޮށްފައި އެބް ހުއްޓެވެ. ރަންވީރުގެ ކުރިއަށް އޮތް ފިލްމު "ގަލީ ބޯއީ"އަށް ރެޕް ލަވައެއް ކިޔާދީ މުޅި ބޮލީވުޑް އާއި އޭނާގެ ސަޕޯޓަރުން ހައިރާން ކޮށްލައިފި އެވެ.

ފިލްމު "ގަލީ ބޯއި" އަކީ 2015 އަހަރު ނެރުނު ލަވަ "މެރޭ ގަލީ މޭ" ލަވައިގެ ރެޕް ބައި ކިޔާފައިވާ ފަންނާނު، ޑިވައިންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ފިލްމުގެ ފުރަތަމަ ލަވައިގެ ގޮތުގައި، ރަންވީރުގެ ރެޕް ލަވަ "އަސްލީ ހިޕްހޮޕް" ރިލީޒްކޮށް ބެލުންތެރިން ސިއްސުވާލި އެވެ. އަދި އޭނާގެ ހުނަރަށް ތައުރީފުކޮށް، ނުވާނެ އެއް ކަމެއްވެސް ނޯންނާނެ ކަމަށް ރަންވީރުގެ ސަޕޯޓަރުން ދަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ.

ރެޕަރު ޑީވައިންގެ "މެރޭ ގަލީ މޭ" ލަވައަކީ އޭނާ އަށް ވަރަށް ހާއްސަ ލަވައެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެއީ އެލަވައިގައި ދައްކާނީ ޑިވައިން އުޅުނު ފަގީރު ސަރަހައްދު އެވެ. ޑިވައިންގެ ހަޔާތަށް ބިނާކޮށް، އުފައްދާ މި ފިލްމުގައި ރަންވީރު ލަވަ ކިޔުމުގެ ކުރިން ޓްރެއިން ކުރުވީ ޑިވައިން ކަމަށް އަޑު ފެތުރުނެވެ. އެހެންނަމަވެސް، މިއީ ހަމަ އެކަނި ރަންވީރުގެ މަސައްކަތް ކަމަށާއި ހުރިހާ ޝުކުރެއް ހާއްސަ ކުރާނީ ރަންވީރު އަށް ކަމަށް ޑިވައިން ވަނީ މީގެ ކުރިން ދިން އިންޓަވިއު އެއްގައި ބުނެފަ އެވެ

ފިލްމު "ގަލީ ބޯއި"ގެ ރެޕް ލަވަ "އަސްލީ ހިޕް ހޮޕް" އަށް ބެލުންތެރިން ތައުރީފު ކުރަމުންދާއިރު ޔޫޓިއުބްގައި މިލަވަ އަށް މިހާތަނަށް 15 މިލިއަނަށްވުރެ ގިނަ ވިއުސް ވަނީ ލިބިފަ އެވެ. ލަވައިގެ މިއުޒިކް ކޮމްޕޯޒް ކޮށް ލިރިކްސް ލިޔެފައިވަނީ ސްޕިޓްފަޔާ އެވެ.

ޒޯޔާ އަހްތަރު ޑައިރެކްޓުކުރާ މި ފިލްމުގެ، ލީޑުން އާލިއާ ބަޓް އަދި ކާލްކީ ކޮއެޗްލިންވެސް ފެންނާނެ އެވެ.