ހޮލީވުޑް

ވެނަމް 2: ޓޮމް ހާޑީ އާއެކު އަލުން ސްކްރީނަށް

މިދިޔަ އަހަރު ނެރުނު ފިލްމު ތަކުގެ ތެރެއިން، ވެނަމް އަކީ ބޮކްސް އޮފީހުގައި ހަވަނަ އަށް އެންމެ ކާމިޔާބު ފިލްމެވެ. މި ފިލްމުގެ ކާމިޔާބަށްފަހު، ވެނަމް 2 އުފައްދާނެ ކަމަށް ހޮލީވުޑްގެ ނޫސް ވެރައިޓީ އިން ޔަގީންކަން ދީފި އެވެ.

ވެނަމް ވަނީ 2018 ގައި ބޮކްސް އޮފީހުގެ އެންމެ މޮޅު ދިހަ ފިލްމުތެރެއިން ޖާގަ ހޯދާފަ އެވެ. މި ފިލްމަށް 855 މިލިއަން ޑޮލަރު ލިބުނު އިރު ފިލްމު އުފެއްދީ 100 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. ބޮޑު ފައިދާއެއް ލިބުމަށްފަހު، ފިލްމުގެ ސީކުއެލް އެއް ހަދަން ނިންމީވެސް ދުނިޔޭގައި ފިލްމު ބަލައިގަތް މިންވަރު ބޮޑުކަމުން ކަމަށް ފިލްމުގެ ޓީމުން ދަނީ ބުނަމުންނެވެ.

ފިލްމުގެ ސީކުއެއްލްއެއް ހެދުމަށް ނިންމާފައިވާއިރު، ކުރީ ފިލްމުގެ ޑައިރެކްޓަރު ރުބެން ފްލެޝާ، އެހެން މަސައްކަތްތަކުގައ ބުރަވެ، އާ ޑައިރެކްޓަރަކަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެ އެވެ. އަދި ސްކްރީންޕްލޭ ލިޔެފައިވާ މީހާވެސް ދެވަނަ ފިލްމުގައި ބަދަލުވެދާނެ ކަމަށް ބައެއް ނޫސްތަކުން ދަނީ ބުނަމުންނެވެ. މި ބަދަލުތަކާއެކު، ވެނަމް އެކެއްގައި ގެނެސްދިން ފެންވަރުގެ ފިލްމެއް ގެނެވޭނެ ކަމާމެދު ޝައްކުވާ ކަމަށް ފިލްމަށް ލޯބިކުރާ ފޭނުން ސޯޝަލް މީޑިއާ މެދުވެރިކޮށް، އެމީހުންގެ ޝުއޫރުތައް ހިއްސާ ކުރެ އެވެ.

ވެނަމް އަކީ ސޮނީ އާއި މާވެލް ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ.