އެމްއެންޑީއެފް

ކަރަންޓް ފޮއްޓެއްގައި ރޯވި އަލިފާން ނިއްވާލައިފި

ކާނިވަލް ސަރަހައްދުގައި ބަހައްޓާފައި ހުރި ކަރަންޓް ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާން ރޯވެފައި ވަނިކޮށް އެ އަލިފާން ނިއްވާލައިފި އެވެ. ކަރަންޓް ފޮށި ރޯވި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

މިއަދު ހެދުނު 9:30 ހާއިރު ފޮށީގައި ރޯވި ސަބަބެއް އެމްއެންޑީއެފް އިން ބުނެފައެއް ނުވެ އެވެ.

އަލިފާން ރޯވެގެން ރިޕޯޓް ކުރާއިރު އެފަދަ ހާދިސާތައް ގިނައިން ހިގަން މެދުވެރިވަނީ ކަރަންޓްގެ ސަބަބުން ކަމަށްވާތީ އެމްއެންޑީއެފް އާއި ސްޓެލްކޯއިން ވަނީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ވެސް ހިނގާފަ އެވެ.