ސްޓެލްކޯ

ސްޓެލްކޯގެ އިންޖީނެއްގައި ރޯވެއްޖެ

Aug 18, 2022

ސްޓެލްކޯގެ އިންޖީނެއްގައި މިއަދު އަލިފާން ރޯވެއްޖެ އެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ އިންޖީނެއްގެ ޓާބޯގައި އަލިފާން ރޯވެފައިވާ ކަމަށެވެ. އަލިފާން ރޯވީ 12:15 ހާއިރު އެވެ. އެކަމަކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ނިއްވާލައިފައިވާ ކަމަށް އެކުންފުނިން ބުނެގައިވެ އެވެ.

މި ހާދިސާ ހިނގުމުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން އެ ސަރަހައްދުގައި ހަރަކާތްތެރިވެ، އަލިފާންގަނޑު ވަނީ ނިއްވާލާފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި މިހާރު ކުރަމުންދަނީ އެތަނުގައި އަލިފާން ރޯވާން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތެވެ.

މީގެ ކުރިން ވެސް ސްޓެލްކޯގެ އިންޖީނުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގައި ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.