ހަބަރު

ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކެއް ހުޅުވައިފި

ޖަނަވާރުންނަށް ފަރުވާދޭ، ވެޓެރިނަރީ ކްލިނިކެއް މިނިސްޓްރީ އޮފް ފިޝަރީޒުން އެންޑް އެގްރިކަލްޗާއިން ވިލިމާލޭގައި، ހުޅުވައިފި އެވެ.

ވިލިމާލޭގައި މިއަދު ހުޅުވި ވެޓް ކްލިނިކް ހުންނާނީ ވިލިމާލޭގައި ފިޝަރީޒް މިނިސްޓްރީގެ ބައެއް ހުންނަ އިމާރާތުގަ އެވެ. މިއަދު ހުޅުވި މި ކްލިނިކުގައި ދިވެހިން އާއްމުކޮށް ގެންގުޅޭ ހުރިހާ ބާވަތެއްގެ ޖަނަވާރުންނަށް ރަނގަޅު ފެންވަރުގައި ފަރުވާ ލިބޭނެ އެވެ. ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އެ ކްލިނިކުން ހިދުމަތް ދޭނެ އެވެ.

ވެޓެރިނަރީގެ އަގުތައް

  • އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް - 50 ރުފިޔާ
  • ކުއްލި ހާލަތަކަށް ފަރުވާ ދިނުމަށް - 50 ރުފިޔާ
  • ވެކްސިން ޖަހައިދިނުމަށް - 100 ރުފިޔާ
  • މައިކްރޯޗިޕް ޖަަހައިދިނުން - 100 ރުފިޔާ
  • ނިއުޓާ ކޮށްދިނުމަށް - 100 ރުފިޔާ
  • އެެހެނިހެން ކުދި ސާޖަރީތައް ހަދަން - 100 ރުފިޔާ

ޖަނަވާރުންނަށް ފަރުވާދިނުމަށް ކްލިނިކެއް ހުޅުވި އިރު، މީގެ ކުރިން މި ހިދުމަތް ދިނީ ގޭގެއަށް ގޮސްގެނެވެ. އަދި މި ކްލިނިކްގެ ހިދުމަތާއެކު، ކުރިން ދިމާވަމުން އައި ދަތިތަށް ހައްލުވާނެ ކަމަށް ފިޝަރީޒުން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވެޓް ކްލިނިކެއް މި ހުޅުވީ މާލޭގައި ރަހުމު ކުޑަކޮށް ބުޅާ މަރަމުންދާ މައްސަލަތަކެއް ވެސް ފެންމަތިވެފައި ވަނިކޮށެވެ.