ފައިސަލް ނަސީމް

ނައިބު ރައީސް ރީހެބް ބައްލަވާލައްވައިފި

Jan 14, 2019

ހިންމަފުށީގައި ހުންނަ ސަރުކާރުގެ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރަށް ނައިބު ރައީސް ފައިސަލް ނަސީމް، މިއަދު ވަޑައިގެންފި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރުގެ މުވައްޒަފުންނާ ބައްދަލު ކުރައްވައި އެތާނގެ މަސައްކަތްތައް ކުރިއަށް ދާގޮތް އޮޅުންފިލުއްވައި، ތަނުގެ މިހާރުގެ ހާލަތު ބައްލަވައިލެއްވި އެވެ.

ނައިބު ރައީސް ހިންމަފުއްޓަށް ކުރެއްވި މި ޒިޔާރަތުގައި ހިންމަފުށީ ކައުންސިލް މެންބަރުންނާ ވެސް ބައްދަލު ކުރެއްވެވި އެވެ. އަދި އެ ރަށުގެ ސްކޫލަށާއި ހެލްތް ސެންޓަރަށްވެސް ވަޑައިގެންނެވި އެވެ.