ފައިސަލް ނަސީމް

ކޮންމެ ކަމެއްވެސް ކުރަންވީ ގައުމަށް އެންމެ ފައިދާވާ ގޮތަށް: ފައިސަލް

އިސްކަންދަރު ސްކޫލްގެ އެކި މަގާމުތަކަށް ހޮވުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އިސްކަންދަރު ސްކޫލު
0%
0%
0%

ކޮންމެ ރައްޔިތަކީވެސް ގައުމުގައި ހުރި މައްސަލަތައް ގައުމަށް އެންމެ ފައިދާ ހުރި ގޮތަކަށް ހައްލުކުރުމަށް މަސައްކަތް ކުރާ މީހަކަށް ވުމަށް ނައިބް ރައީސް ފައިސަލް ނަސީމު އެދިވަޑައިގެންފި އެވެ.

އިސްކަންދަރު ސްކޫލްގެ އެކި މަގާމުތަކަށް ހޮވުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ވިދާޅުވީ ކޮންމެ މަގާމެއްގައި ހުރި މީހެއް ނަމަވެސް އެމީހަކަށް ގައުމީ މައްސަލަތައް ހައްލުކުރުމުގައި ބައިވެރިއަކަށް ވެވޭނެ ކަމަށެވެ. އެއީ ކޮންމެ މީހަކަށްވެސް އޮތް ގައުމީ ޒިންމާއެއް ކަމަށް ފާހަގަކުރައްވާ ނައިބް ރައީސް ވަނީ ތަހްޒީބް މުޖުތަމައެއް ބިނާކުރުމަށް ފަރުދީ ޒިންމާ އިސްކުރުމަށް އިލްތިމާސްވެސް ކުރައްވާފަ އެވެ.

"ކަންކަން ހައްލުކުރަން މަސައްކަތް ނުކުރާނަމަ އެދެވޭ ނަތީޖާއެއް ނުލިބޭނެ. ގައުމަށްޓަކައި ރައްޔިތުންނާއި އެންމެންގެ ހިމާޔަތަށް މަސައްކަތްކުރަން ޖެހޭ،" ފައިސަލް ވިދާޅުވި އެވެ.

ދަރިވަރުންނަށް ނަސޭހަތް ދެއްވަމުން ނައިބް ރައީސް ވިދާޅުވީ ލީޑަރަކަށް ވާން އެދޭނަމަ ލީޑަރެއްގެ ސިފަތަކާ އެއްގޮތަށް ދިރިއުޅުމުގެ އާދަތައް ބައްޓަންކުރަން ޖެހޭ ކަމަށެވެ. ލީޑަރަކަށް ވެވޭނީ ހިޔާލުތަފާތުވާ މީހުންނާ ވެސް ގުޅިގެންނާއި އެންމެން ޝާމިލްކޮށްގެން ހިތްހެޔޮކޮށް މަސައްކަތް ކުރާ މީހަކަށް ކަމުގައިވެސް ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލްގެ މަގާމަކަށް ހޮވުނު ދަރިވަރަކަށް، ނައިބް ރައީސް ލިޔުން ހަވާލުކޮށްދެއްވަނީ -- ފޮޓޯ: އިސްކަންދަރު ސްކޫލު

ނައިބް ރައީސް ވިދާޅުވީ އެމަނިކުފާނު ތައުލީމު ހާސިލްކުރި ދުވަސްވަރު ނެތް އެތައް ފަސޭހަތަކެއް މިއަދު ދަރިވަރުންނަށް މައުލޫމާތު ހޯދުމާއި ވަސީލަތްތައް ހޯދުމުގައި ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެކަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފައި ގައުމަށް ބޭނުންތެރި ކުއްޖަކަށް ވުމަށް އިލްތިމާސް ކުރެއްވި އެވެ. އަދި ސްކޫލުގެ ދުވަސްވަރު ނިންމާލުމުގެ ކުރިން ކޮންމެ ދަރިވަރަކީވެސް ކޮންމެވެސް ހުނަރެއް ހުރެ އެކަމެއް މޮޅަށް ކުރަން އެނގޭ ކުއްޖަކަށް ވުމަށްވެސް ނައިބް ރައީސް އެދިވަޑައިގެންނެވި އެވެ.

"ގައުމަށް ހިދުމަތް ކުރުމަށް ނުކުތުމަށް އަމާޒުހިފުމަށް ދަރިވަރުންނަށް އަޅުގަނޑު އިލްތިމާސްކުރަން،" ފައިސަލް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345