ފައިސަލް ނަސީމް

"އަމާޒަކީ 21 ވަނަ ގަރުނަށް ދަރިވަރުން ތައްޔާރުކުރުން"

Dec 14, 2022
އިސްކަންދަރު ސްކޫލުގެ "ސްޓެމް ފެއާ" ރަސްމީގޮތުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ސަރުކާރުގެ މުޅި ތަޢޫލީމީ ސިޔާސަތު އަމާޒުހިފާފައިވަނީ 21 ވަނަ ގަރުނަށް ދަރިވަރުން ތައްޔާރު ކުރުމަށް ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ އިސްކަންދަރު ސްކޫލުގެ "ސްޓެމް ފެއާ" ރަސްމީގޮތުން މިއަދު ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ދަރިވަރުންނަށް ފޮތް ކިޔައިގެން ދަސްވާ ދަސްވުމެކޭ އެއްފަދައިން އެކުދިން އަމިއްލައަށް އުފެއްދުންތައް އުފައްދާ އީޖާދުކުރުން ފަދަ ކަންކަމުގެ ތެރެއިން ކަންކަން އުނގެނުން މުހިންމުކަން ފާހަގަކުރެއްވި އެވެ. އެގޮތުން ކުދިން އަމިއްލައަށް ކަންކަން ކުރުމަށް ފުރުސަތު ދިނުމުން ދަރިވަރުން ގުޅިގެން މަސައްކަތްކުރުމާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރު ފަދަ ގިނަ ހުނަރުތައް ދަރިވަރުންނަށް ލިބިގެންދާކަން ފާހަގަކުރެއްވި އެވެ.

ނައިބް ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ. އެގޮތުން ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ތައުލީމީ ދާއިރާއަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ކަންވެސް ފާހަގަކުރެއްވެވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނީ ގުޅިގެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ރަނގަޅު ހުނަރުވެރި ދަރިވަރުންތަކެއް ބިނާކުރުމަށް ބެލެނިވެރިންނާއި ސްކޫލުތަކުން އަދި ކަމާގުޅޭ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވި އެވެ.

އިސްކަންދަރު ސްކޫލުގެ "ސްޓެމް ފެއާ" ކުރިއަށް ގެންދަނީ މިއަދާއި މާދަމާ އެވެ. އެ ސްކޫލުގެ ކީ ސްޓޭޖު އެކަކުން ފެށިގެން ކީ ސްޓޭޖު ހަތަރެއްގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފެއާގައި ޖުމްލަ 186 ޕްރޮޖެކްޓް ބައިވެރިކޮށްފައިވެ އެވެ. ފެއާގައި ބައިވެރިކޮށްފައިވާ ގިނަ އީޖާދުތަކަކީ ދަރިވަރުންގެ އަމިއްލަ ވިސްނުމާއި ހުނަރުވެރިކަމާއިއެކު ނެރެފައިވާ އުފެއްދުންތަކެކެވެ.

ފެއާ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ނައިބް ރައީސް ވަނީ ފެއާ އަށް ޒިޔާރަތްކުރައްވައި ފެއާގައި ދަރިވަރުން ބައިވެރިކޮށްފައިވާ އުފެއްދުންތައް ބައްލަވާލައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345