މެންޗެސްޓާ (ޑިސެމްބަރު 29) – އިނގިރޭސި ލީގުގައި ރޭ ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ އަށް ދެ ލަނޑުގެ ލީޑެއް ގެއްލި، ޕޮއިންޓަކާއެކު ފުއްދާލަން ޖެހުނީ ކުޅުންތެރިން މާ އަވަހަށް މެޗު ނިންމާލުމުން ކަމަށް އެ ޓީމުގެ ކޯޗު މެނުއެލް ޕެލެގްރިނީ ބުނެފި އެވެ.
އެކަމަކު ޕެލެގްރިނީ ބުނީ މި މެޗުން ޕޮއިންޓަކާއެކު ފުއްދާލަން ޖެހުމަކީ މައްސަލައެއް ނޫން ކަމަށެވެ.
"އަހަރެމެން މި އޮތީ ލީގުގެ އެއްވަނައިގައި އޮތް ޓީމަށްވުރެ ތިން ޕޮއިންޓް ފަހަތުގައި. އަހަރެމެންގެ ޕޮއިންޓްގެ އަދަދު ވެސް ގޯހެއް ނޫން. ސީޒަންގެ ދެވަނަ ބައިގައި ވެސް މިހާރު މިދާ ގޮތަށް ކުރިއަށްދާންވީ،" ޕެލެގްރިނީ ބުންޏެވެ. -- ބީބީސީ