ހަބަރު

މާފުށީގައި ކުއްލިގޮތަކަށް ބިދޭސިއަކު މަރުވެއްޖެ

މާފުށީގައި ކުއްލި ގޮތަކަށް ބިދޭސިއަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ކ. މާފުށީގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ 38 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އެމީހާ މަރުވެފައި ވަނީ މޭގައި ރިއްސާތީ މާފުށީ ހެލްތުސެންޓަރަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މި ދުވަސްވަރު ކުއްލި ގޮތަކަށް މީހުން މަރުވާ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން މި ހަފުތާ ތެރޭގައި ޒުވާން އަންހެނަކު ހުޅުމާލެއިން އަދި ޒުވާން ފިރިހެން ކުއްޖަކު މާލެއިން ވަނީ ކުއްލި ގޮތަކަށް މަރުވެފަ އެވެ.