ހަބަރު

ނޮޅިވަރަންފަރަށް ބަދަލު ކުރި ބަޔަކަށް ގެދޮރު ނުދިން މައްސަލާގައި މަޝްވަރާކޮށްފި

ތިން ރަށަކުން ހދ. ނޮޅިވަރަންފަރަށް ބަދަލު ކުރި 52 އާއިލާއަކަށް ބޯހިޔާވެހިކަން ފޯރުކޮށް ނުދިން މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ހައުސިން އެންޑް އާބަން ޑިވަލޮޕްމަންޓް މިނިސްޓްރީއާ މަޝްވަރާކޮށްފި އެވެ.

އެޗްއާރްސީއެމް އިން ބުނީ އާބާދީ އާއި ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހދ. ފަރިދޫ، ކުނބުރުދޫ އަދި މާވައިދޫ އިން ނޮޅިވަރަންފަރަށް ބަދަލު ކުރި އާއިލާތަކުގެ ތެރެއިން 52 އާއިލައަކަށް ބޯހިޔާވެހިކަން ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އޭގެ ސަބަބުން އެ ފަރާތްތަކަށް ލިބެން ޖެހޭ އެލަވަންސްތަކެއް ނުލިބި އެތައް ހައްގުތަކެއް މަހުރޫމްވެފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

އެ މައްސަލާގައި ހައުސިން މިނިސްޓްރީގެ އިސް ފަރާތްތަކާ މިއަދު ބައްދަލުކޮށްފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް އިސްކަމެއް ދީގެން އެ އާއިލާތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޗްއާރްސީއެމް އިން ބުންޏެވެ.