އެޗްއާރްސީއެމް

އަތުހަރުގެ މަރުގެ މައްސަލައިގައި ދެ ފުލުހަކަށް ދައުވާކުރަން އެދިއްޖެ

ށ. މިލަންދޫ، ހެޕީލޭންޑް، އަހްމަދު އަތުހަރު
0%
0%
0%

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ށ. މިލަންދޫ، ހެޕީލޭންޑް، އަހްމަދު އަތުހަރު މަރުވި މައްސަލައިގައި ދެ ފުލުހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެޗްއާރްސީ އިން އެދިއްޖެ އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން އެޗްއާރްސީއެމްގެ ސީނިއާ މީޑިއާ އޮފިސަރު އަލީ ޒާޖިލް ޝަހީދު ވިދާޅުވީ އަތުހަރުގެ މަރުގެ މައްސަލައިގައި ދެ ފުލުހަކަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދިފައިވާނެ ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލް އެޗްއާރްސީއެމް އިން ދީފައެއް ނުވެ އެވެ.

މާލޭގައި މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ރޭ އަތުހަރު، ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލާގައި އޭނާ ދޫނިދޫގައި ހައްޔަރުކޮށްފައި ހުއްޓާ ޖަލު ގޮޅީގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ 7:02 ހާއިރު އެވެ. އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގެ އެމަޖެންސީއަށް ވެއްދުނީ އެ ރޭ 7:25 ހާއިރު އެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އަތުހަރު މަރުވީ މިދިޔަ ސެޕްޓެމްބަރު ދެވަނަ ދުވަހުގެ ހަވީރު 4:08 ހާއިރު އެވެ.

އަތުހަރުގެ ހަށިގަނޑު މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އިންޑިއާއަށް ގެންގޮސްގެން ޕޯސްޓްމޯޓަމް ހެދުމުން އޭނާ މަރުވީ ދަންޖެހިގެން ކަމަށް އޮޓޮޕްސީން ރިޕޯޓުން ދައްކާފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އަތުހަރުގެ ހަށިގަނޑު މާލެ ގެނެސް ވަޅުލީ މިދިޔަ ސެޕްޓެމްބަރު އަށްވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345