ހަބަރު

"ޒިނޭއަށް ހިތްވަރެއް ނުދެން, އޮޅިވަަޑައިގެންނެވި ނަމަ މާފަށް އެދެން"

Jan 18, 2019
11

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޒިނޭއަށް ހިތްވަރު ދެއްވި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އެމަނިކުފާނު ރައްދު ދެއްވައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވެފައި ވަނީ ކައިވެނީގެ ބޭރުން ގުޅުން ހިންގައިގެން ދަރިން ލިބުމުގެ މައްސަލައަށް އޮތް ހައްލަކީ ކައިވެނި ނުކުރާ އަންހެނުންނަށް ވެސް ދަރިން ނުލިބޭ އޮޕަރޭޝަން ކުރަން ފުރުސަތު ދިނުން ކަމަށެވެ. ނަޝީދު މިހެން ވިދާޅުވުމާ ގުޅިގެން ގިނަ ދީނީ އިލްމުވެރިންނާއި އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން ވަނީ އެމަނިކުފާނަށް އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒިނޭއަށް ހިތްވަރު ދިނުމަށް އެމަނިކުފާނު އެއްގޮތަކަށް ވެސް ބާރެއް ނާޅުއްވާ ކަމަށެވެ. އެމަނިކުފާނު އިޝާރަތް ކުރެއްވީ ކައިވެނިން ބޭރުން ދަރިން ލިބި އެ ކުދިންނަށް ލިބޭ ނިކަމެތިކަމާއި ބާރުގަދަ މަސްތުވާތަކެތި ބޭނުން ކުރުމަ އޮތް ގުޅުމާ ގުޅޭ ގޮތުން ކަމަށާއި އެކަން އޮޅިވަޑައިގަންނަވާ ނަމަ މާފަށް އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި އެވެ

މީގެ ކުރިން ވެސް ދީނީ ކަންކަމާ ގުޅުވައިގެން ނަޝީދު ދައްކަވާ ބައެއް ވާހަކަތަކަށް ގިނަ ބައެއްގެ ފާޑު ކިޔާފައިވެ އެވެ.