ބޭރު ކުޅިވަރު

ޑެމްބާ ބާ ޗައިނާ ލީގަށް

ތުރުކީގެ ބެސިކްޓަސް އަށް ކުޅެމުންދިޔަ ސެނެގާލްގެ ފޯވަޑް ޑެމްބާ ބާ ޗައިނާގެ ޝެންހާއީ ޝެންހުއާ އަށް ބަދަލުވުމަށް ނިންމައިފި އެވެ.

ކުރިން ޗެލްސީ އާއި ވެސްޓް ހޭމް އަދި ނިއުކާސަލް ޔުނައިޓެޑަށް ކުޅުނު ބާ ،30، އަށް އިނގިރޭސި ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކުން ޝައުގުވެރިވި ނަމަވެސް، ބާ ނިންމީ ޗައިނާ ލީގަށް ބަދަލުވާށެވެ.

ޗެލްސީ ދޫކޮށް ބެސިކްޓަސް އަށް މިދިޔަ އަހަރު ބަދަލުވެ، ބާ ވަނީ އެ ކްލަބަށް ކުޅުނު 44 މެޗުގައި 27 ލަނޑު ޖަހައިފަ އެވެ.

މީޑިއާ ރިޕޯޓްތަކުން ޝެންހާއީ ޝެންހުއާ އިން ބާ ގެންދަނީ 13.5 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގަ އެވެ.

ޝެންހާއީ ޝެންހުއާ އިން ވަނީ ޓީމުގެ ވަރުގަދަކުރުމުގެ ގޮތުން ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު ސިސޯކޯ އާއި އެވަޓަންގެ ކުރީގެ މިޑްފީލްޑަރު ޓިމް ކޭހިލް އެ ޓީމަށް ގެނެސްފަ އެވެ.