ހަބަރު

މަޖިލީހުގެ އިދާރާގެ ވަށާފާރު އުސް ކުރަނީ

ރައްޔިތުން މަޖިލިސް އިދާރާގެ ވަށާފާރު އުސް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި މަޖިލީހުގެ ވަށާފާރު އުސް ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ސިފައިންގެ ވެލްފެއާ ކުންފުނި ސިވެކްއާ ވަނީ ހަވާލުކޮށްފަ އެވެ.

މަޖިލީހުގެ ވަށާފާރު އުސް ކުރާ ވާހަކަ މީގެ ކުރިން ދައްކާފައި ވަނީ އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ފާރުމަތިން އެރި ދުވަސްވަރު މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކެވެ. އޭރު މަޖިލީހުގެ ތަޅުމުގައި ރައީސް އިންނަވާ މޭޒުކޮޅު ވެސް ވަނީ އުސްކޮށް، "ފާރެއް" އަޅައިފަ އެވެ. ނަމަވެސް ވަށާފާރު އުސް ކުރާ ވާހަކައެއް ފަހުން ނުދެކެވެ އެވެ.

ނަމަވެސް މިހާރު ވަނީ ވަށާފާރު އުސް ކުރުމަށް ފާރު ކައިރީ ދަނގަނޑު ޖަހާފަ އެވެ. ނަމަވެސް އެ މަސައްކަތާ ނިންމާ ދުވަހެއް ސާފެއް ނުވެ އެވެ.