ރީކޯ މޫސާ މަނިކު

މިނިވަން ކެންޑިޑޭޓެއްގެ ގޮތު މޫސާ ގަމު ދާއިރާއަށް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ގަމު ދާއިރާއަށް ވާދަ ކުރަން ނިންމައިފައިވާ ކަމަށް ވިދާޅުވެއްޖެ އެވެ. މިކަން ހާމަ ކުރައްވާ މޫސާ ކުރެއްވީ ޓްވީޓެޓެކެވެ.

އެމަނިކުފާނު ވިދާޅުވީ، އެކި ޕާޓީ ތަކުގައި އެތައް ބުރަ މަސައްކަތެއްކޮށް ގުރުބާނީ ތަކެއްވެ ވަޑައިގެންނެވި ނަމަވެސް ޕާޓީ ތަކުގެ ބޮނޑުން އެމީހެއްގެ ސިޔާސީ ކުރިމަގު ނެތިކޮށްލާ ކަމަށެވެ.

އެމްޑީޕީ އާއި ޕީޕީއެމްގައި ވެސް މަސައްކަތް ކުރެއްވެވި މޫސަ އޭނާގެ ސިޔާސީ ހަޔާތް ފެއްޓެވުމަށް ފުރަތަމަ ކުރިމަތި ލެއްވީ ވެސް ލ. އަތޮޅުގެ މެންބަރު ކަމަށެވެ.