ހަބަރު

މާލޭ ގެއެއްގެ މަތިން ކުއްޖަކު ވެއްޓިއްޖެ

Jan 20, 2019
11
ކުޑަ ކުއްޖާ ވެއްޓުނު ގ. ކޮލޮމްބިޔާގެ --
0%
0%
0%

މާލޭ ގެއެއްގެ ފަސް ވަނަ ބުރިން ކުޑަކުއްޖަކު ވެއްޓި އަނިޔާވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާ ވެއްޓިފައިވަނީ ގ. ކޮލަމްބިއާގެ ފަސްވަނަ ބުރިންނެވެ.

ފުލުހުން ބުނި ގޮޮތުގައި 14 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިގެން މިއަދު މެންދުރު 2.00 ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެކުއްޖާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

ގަދަ އަޑުފައްގަނޑަކާއެކު ފަސް ވަނަ ބުރިން އެ ކުއްޖާ ވެއްޓިފައިވަނީ އިންވެގެން ހުންނަ ނިއު ކޮލަމްބިއާގެ ފުރާޅު މައްޗަށް ކަމަށް ވެސް ފުލުހުން އިތުރަށް ބުނެފައިވެ އެވެ.

އެ ކުއްޖާއަށް ފަރުވާދެމުންދާކަމަށް ބުނި ނަމަވެސް، އިތުރު މައުލޫމާތެއް އަދި ހާމަކުރެވެންނެތް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

11 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345