ހަބަރު

އެސްޓިއޯގެ ޗެއާމަން ކަމުން ސާލިމް އިސްތިއުފާ ދެއްވައިފި

އެސްޓީއޯގެ ޗެއާމަންގެ މަގާމުގައި ހުންނެވި ހުސެެއިން ސާލިމް މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެސްޓީއޯގެ ޗެއާމަންކަމުގެ މަގާމަށް ސާލިމް ހަމަޖައްސާފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެވެ. އެސްޓީއޯގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުސެއިން ސާލިމް ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގަ އެވެ.

އެކަމާ ގުޅިގެން ސާލިމް ވިދާޅުވީ، އޭނާ އިސްތިއުފާ ދެއްވާފައިވަނީ އަންނަ މަޖިލިސް އިންތިހާބުގައި ނ. ހޮޅުދޫ ދާއިރާއަށް ވާދަކުރަން ނިންމާފައިވާތީ ކަމަށެވެ. އަދި އެ މަގާމުގައި ހުރެގެން މަޖިލިސް އިންތިހާބަށް ކެމްޕޭން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށާއި އެ މަގާމުގައި ހުންނަވައިގެން ކުރަންޖެހޭ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ނުކުރެވޭނެ ކަމަށް ފެންނާތީވެ އިސްތިއުފާ ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސާލިމްއަކީ ސަން ކޮންސްޓްރަކްޝަން އެންޑް އެންޖިނިއަރިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާއަކީ އެމްޑީއޭގެ ކައުންސިލްގެ މެންބަރެކެވެ.