ހޮލީވުޑް

ކްރިސް ބްރައުންއަަށް ރޭޕްގެ ތުހުމަތު

ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ކްރިސް ބްރައުންއަށް ރޭޕްގެ ތުހުމަތު ކޮށްފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކްރިސް ބްރައުން ހައްޔަރު ކޮށްފައިވަނީ ރޭޕް އާއި ޑްރަގްގެ ތުހުމަތުގަ އެވެ. ކްރިސް ހައްޔަރު ކުރީ ފްރާންސްގެ ވެރިރަށް ޕެރިހުންނެވެ. ކްރިސް އާއެކު އޭނާގެ ބޮޑީގާޑެއް ވެސް ހައްޔަރު ކުރި އެވެ. އޭނާ އަށް ކުރި ތުހުމަތު ތަކާއެކު ފްރާންސްގެ ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ބަލަމުންނެވެ.

"އީ.އެންޓަޓެއިންމަންޓް" އިން ރިޕޯޓު ކުރި ގޮތުގައި ރޭޕް ކުރި ކަމަށް ތުހުމަތު ކުރާ 24 އަހަރުގެ އަންހެން މީހާ ފުލުހުންނަށް މައްސަލަަ ހުށަހެޅިއިރު ބުނެފައިވަނީ އެ އަމަލު ހިންގީ ހޮޓަލެއްގެ ކޮޓަރީގައި ކަމަށެވެ. މައްސަލަ ހުށަހެޅި އަންހެން މީހާ ބުނި ގޮތުގައި، ޖަނަވަރީ 15 އާއި 16 ވަނަ ދުވަހު އޭނާގެ ރައްޓެހިންނާއެކު ކްރިސް އާ ބައްދަލު ކުރީ ކްލަބަކުން ކަމަށެވެ.

ކްރިސް އަކީ މީގެ ކުރިންވެސް އެކިކަހަލަ މައްސަލަތަކުގައި ހައްޔަރު ކޮށްފައިވާ މީހެކެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ އަށް ޖިސްމާނީ އަނިޔާ ކުރުމުގެ ތުހުމަތުގައި މީގެ ދިހަ ވަރަކަށް އަހަރު ކުރިން އޭނާ ހައްޔަރު ކުރި އެވެ. އަދި އޭގެ ފަހުން 2016 ވަނަ އަހަރު ބަޑި އަކުން އަންހެނަކަށް ބިރު ދެއްކި ކަމަށްވެސް ރިޕޯޓު ކުރި އެވެ.

ރޭޕްގެ ތުހުމަތާއެކު ކްރިސް ހަައްޔަރުކޮށް މައްސަލަަ ބެލުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ. ފުލުހުން އޭނާ ދޫކޮށްލުމުން ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ ބުނެފައިވަނީ އެ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ތުހުމަތު ތަކެއް ކަމަށެވެ.