ނައިބު ރައީސް ފައިސަލް ނަސީމް އިސްލާމިކް މިނިސްޓްރީގެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމުގެ ގޮތުން މިއަދު އެ މިނިސްޓްރީއަށް ޒިޔާރަތް ކުރައްވައިފި އެވެ.
މިއަދު ހެދުނު ކުރި މި ޒިޔާރަތުގައި ނައިބު ރައީސް ވަނީ އިސްލާމިިކް މިނިސްޓަރު ޑރ. އަހްމަދަ ޒާހިރު، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާފިއު އަލީ އަދި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޖަމީލް އާ ބައްދަލުކޮށް އިސްލާމިކް މިނިސްޓްރީގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާ އަދި އެމިނިސްޓްރީގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ދިމާވާ ދަތިތަކުގެ މައުލޫމާތު އޮޅުން ފިއްލަވާފަ އެވެ.
ނައިބު ރައީސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސްޓެލްކޯ ގައުމީ ޔުނިވާސިޓީ، އިސްލާމިކް ޔުނިވާސިޓީ އަދި ޓިވެކް އޮތޯރިޓީއަށް ވަޑައިގެން، އެތަންތަނުގެ އިސްވެރިންނާ ބައްދަލުކޮށް މަސައްކަތް ކުރިޔަށްދާ ގޮތުގެ މައުލޫމާތު އޮޅުން ފިއްލަވާފަ އެވެ.