ހަބަރު

"ޖަންބޯ" ދޯނީ ގެއްލިގެން ހޯދަން ފަށައިފި

މަހަށް ފުރިފަހުން ހަބަރެއް ނުވެ ހަފްތާއެއްވި ފަހުން ދޯންޏެއް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ "ޖަންބޯ" ނަމަކަށް ކިޔާ 75 ފޫޓްގެ ދޯނީގެ ހަބަރެއް ނުވެގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު އެ ދޯނި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ ދޯނީގައި 12 މީހުން ތިބި ކަމަށާއި، މަހަށް ފުރި އެދޯނީގެ ހަބަރެއް އެންމެފަހުން ވެފައިވަނީ ލ.އަތޮޅުން އެންދަމައިގެން ކަނޑަށް ނިކުތްފަހުން، މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ކަމަށްވެސް އެ ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެ ދޯންޏަކީ ބޭރުގައި އަޅި ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެއްކަމަށާއި، ދޯންޏާއި ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑަށް އަންގައިދިނުމަށް ވަނީ އެދިފަ އެވެ.