ހަބަރު

12 މީހުންނާއެކު ދަތުރުކުރި ދޯނި ފެނިއްޖެ

Jan 28, 2019
1

މަހަށް ފުރިފަހުން ހަބަރެއް ނުވެގެން ހޯދަމުންދިޔަ "ޖަމްބޯ" ދޯނީގެ ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނީގެ ހަބަރެއްވެފައިވަނީ މިއަދު މެންދުރުފަހު 2:30 އެހާއިރު ކަމަށެވެ. އެދޯނި އެންދަމަށް ލ. އަތޮޅު ތެރޭގައި ހަރަކާތެރިވަމުންދާ ކަމަށް ދޯނީގެ ވެރިފަރާތުން ބުނެފައިވާ ކަމަށެވެ.

އެމްއެންޑީއެފުން އެދޯނި ހޯދަން ފެށީ ލ.އަތޮޅުން އެންދަމައިގެން ކަނޑަށް ނިކުތްފަހުން، މިމަހުގެ 20 ވަނަ ދުވަހުގެ ރޭގެ ފަހުން އެދޯނީގެ ހަބަރެއް ނުވެގެނެވެ. އެދޯނި މަހަށް ގޮސްފައިވަނީ 12 ފަޅުވެރިންނާއެކު އެވެ.