ވިޔަފާރި

އޭސްހާޑްވެއާ އަހަރީ ޕްރޮމޯޝަންގެ އިނާމު ދީފި

އޭސް ހާޑްވެއާގެ އަހަރީ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި އެވެ. އޭސް ހާޑްވެއާގެ ނަސީބު ވެރިޔަކަށްވީ މ. ބީޗްކޯނާ، ފާތުމަތު އަމްހާ އެވެ.

އޭސް ހާޑްވެއާގެ އަހަރީ ޕްރޮމޯޝަން ކުރިޔަށް ގެންދިޔައީ މިދިޔަ ޑިސެންބަރު މަހުން ފެށިގެން މި މަހުގެ 15 އިގެ ނިޔަލަށެވެ. އެމެރިކާއަށް ނިސްބަތްވާ އަދި ދުނިޔޭ އެންމެ ބޮޑު ހާޑުވާ އެއް ބްރޭންޑް، އޭސް ހާޑްވެއާގެ މާލޭ އައުޓްލެޓަށް ހަތް އަހަރު ފުރިގެން ކުރިޔަށް ގެންދިޔަ މި ޕްރޮމޯޝަން ގައި 70 ޕަސެންޓަށް ވަނީ ޑިސްކައުންޓް ދީފަ އެވެ.

މީގެ އިތުރުން އެ ފިހާރައިން އެ މުއްދަތުގައި ކުރި 300 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ލަކީ ޑްރޯ ކޫޕަނެއް ދިނެވެ.

މި ކޫޕަންގެ ނަސީބުވެރިޔާ، އަމްހާއަށް މިހާރު ވަނީ މޮޓޯ ސައިކަލު ހަވާލު ކޮށްފަ އެވެ. ސައިކަލް ލިބުނު އަމްހާ ބުނީ ޕްރޮމޯޝަން ތެރޭގައި އޭނާ އޭސް ހާޑްވެއިން ސުކޫލް ސާމާނު ގަތް ކަމަށާއި ނަމަވެސް ޕްރޮމޯޝަން ނަސީބުވެރިޔާއަކީ އޭނާއަށް ވެދާނެ ކަމަށް ހީ ކުރެވިފައި ނެތް ކަމަށެވެ.

މާލޭގައި އޭސް ހާޑްވެއާގެ ދެ ފިހާރަ ހުރެ އެވެ. މި ދެ ފިހާރައަކީ ވެސް އާންމުންގެ ތެރޭގައ ވަރަށް މަގުބޫލު ދެ ފިހާރަ އެވެ.