ބޮލީވުޑް

"ސޫރްޔަވަންޝީ" އަކީ ތަމަޅަ ފިލްމެއްގެ ރީމޭކެއް ނޫން

ރޯހިތު ޝެޓީގެ ފިލްމު "ސޫރިޔަވަންޝީ" އަކީ ތަމަޅަ ފިލްމެއްގެ ރިމޭކެއް ނޫން ކަމަށް ފިލްމުގެ ޓިމުން ބުނެފި އެވެ.
އަކްޝޭ ކުމާރު ފުލުހެއްގެ ރޯލުން ފެންނަ މި ފިލްމަކީ ތަމަޅަ ފިލްމެއް ކަމަށްވާ "ތީރާން އަދިގާރަމް އޮންދްރޫ" ކަމަށް ބުނެ މީގެ ކުރިން އިންޑިއާގެ އެކި ނޫސްތަކުގައި ވަނީ ސުވާލު އުފައްދާފަ އެވެ. ތަމަޅަ ފިލްމެއް ކަމަށް އަޑު ފެތުރިފައި ވަނިކޮށް، ފިލްމު ޑިރެކްޓަރު، ރޯހިތު ޝެޓީގެ އޮފިޝަލް ސްޕޯކްސްޕާސަން މިހާރު ވަނީ އެކަން ދޮގު ކޮށްފަ އެވެ.

ރޯހިތު ޝެޓީގެ ސްޕޯކްސްޕާސަން ނެރުނު ބަޔާނުގައި ރޯހިތު ޝެޓީ ޑައިރެކްޓުކޮށް ޕްރޮޑިއުސް ކުރާ ފިލްމެއް ކަމަށް ބުނެފައި ވެ އެވެ. އަދި މިއީ އޮރިޖިނަލް ސްޓޯއީ އެއް ކަމަށާއި ފިލްމު ހަދަނީ އެއްވެސް ފިލްމަކުން "އިންސްޕަޔާ" ވެގެން ނޫން ކަމަށްވެސް އެ ބަޔާނުގައި ބުނެ އެވެ.

ސޫރިޔާވަންޝީ" ގެ ޝޫޓިން މިހާރު ވަނީ ގޯއާގައި ފަށާފަ އެވެ. މި ފިލްމަކީ، ރޯހިތު ޑައިރެކްޓްކޮށް، ޕްރޮޑިއުސް ވެސް ކުރާ ފިލްމެކެވެ. މިއީ ރޯހިތުގެ އުފައްދާ ފިލްމުތަކުގެ ތެރެއިން ފުލުހެއް ލީޑުގައި ފެންނަ ތިންވަނަ ފިލްމެވެ. އެންމެ ފަހުން ނެރެފައިވަނީ އަޖޭ ދޭވްގަންގެ ސިންގަމް އާއި ރަންވީރު ސިންގްގެ ސިމްބާ އެވެ. މި ދެ ފިލްމަކީ ވެސް ބްލޮކްބަސްޓާގައި ކާމިޔާބު ދެ ފިލްމެވެ.

އިންޑިއާގެ ހަބަރުތައް ބުނާ ގޮތުގައި މި ފިލްމުގެ ބަތަލާގެ ރޯލުން ފެންނާނީ ސޯނަމް ކަޕޫރު އެވެ. ސޯނަމް އަކްޝޭ އާއެކު އެންމެ ފަހުން ފެނުނީ މިދިޔަ އަހަރު ރިލީޒް ކުރި "ޕެޑްމޭން" އިންނެވެ. ފިލްމުގެ ބަތަލާގެ ރޯލު ސޯނަމް އަށް ދިނުމުގެ ކުރިން ކެޓްރީނާ ކެއިފާއި ޕޫޖާ ހޭގްޅޭ އަށްވެސް ހުށަހަޅާފައިވެ އެވެ.

"ސޫރިޔަވަންޝީ" މި އަހަރުގެ ފަހުކޮޅުގައި ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވެ އެވެ.