ބޮލީވުޑް

މި ދެ ފޮޓޯއިން އަނުޝްކާ ޝަރްމާ ކޮބާ؟

މި ފޮޓޯގައި މިއީ އަނުޝްކާ ތަފާތު ދެ ހެއާ ސްޓައިލެއްގަ އެއް ނޫނެވެ. މިއީ އަނުޝްކާ ޝަރްމާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ޖޫލިޔާ މައިކަލްސް އެވެ.

ލަވަކިޔުންތެރިޔާ ޖޫލިއާ މައިކަލްސް އަނުޝްކާ އާ ވައްތަރު ކަމަށް އަޑުތައް ފެތުރެން ފެށީ ޖޫލިއާ ކުރި އިންސްޓަގްރާމް ޕޯސްޓަކުންނެވެ. ފޮޓޯ ނަގާފައިވާ ގޮތާއި އޭނާ ހުއްޓިގެން ހުރި ގޮތުން އަނުޝްކާ އާ ވަރަށް ވައްތަރެވެ. އިސްތަށިގަނޑުގެ ކުލަ ތަފާތުވުން ފިޔަވަ އެވެ. މި ފޮޓޯ ފެނުނު އިންޑިއާގެ މީހުންނާއި އަނުޝްކާގެ ފޭނުން، އެ ފޮޓޯއިން ފެންނަ ޖޫލިއާ އާއި ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނުޝްކާގެ އެއްވައްތަރު ކަންކަމަށް ބަލަން ފެށި އެވެ.

މި ދެތަރިންގެ ފޮޓޯ ކައިރި ކައިރީ ޖައްސައިގެން މުޅި ސޯޝަލް މީޑިއާގައި ފޮޓޯތައް ހިއްސާ ކުރަމުންދާއިރު، އަނުޝްކާ އާއި ޖޫލިއާ އަދި މިކަމަކަށް އެއްޗެއް ނުބުނެ އެވެ. ދެ ތަރިންގެ ފޮޓޯ ހިއްސާ ކުރަމުން މިއީ އެއްބަނޑު އެއްބަފާ ދެ މީހުން ކަމަށް ބުނެ އެވެ. އަދި އެހެން މީހުން ބުނަނީ މިއީ އަނުޝްކާގެ ދޮން ވައްތަރު ކަމަށެވެ. ގިނަ ބަޔަކަށް އަދިވެސް ޔަގީން ނުކުރެވެ އެވެ.

މި ފޮޓޯތައް ހިއްސާ ކުރި ފަރާތެއް އަނުޝްކާގެ ފިރިމީހާ، އިންޑިއާ ގައުމީ ޓީމުގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ ކައިރީ ސަމާލުވެގެން އުޅުމަށްވެސް ބުނެފައި ވެ އެވެ. ފަހަރެއްގައި އޮޅި ދާނެ ތީ އެވެ.

އަނުޝްކާ އަކީ ބޮލީވުޑްގައި ބްލޮކްބަސްޓާ ގިނަ ފިލްމުތަކެއް ކުޅެފައިވާ ތަރި އެކެވެ. އޭނާ ފިލްމީ ދައިރާ އަށް ނިކުތީ ޝާހް ރުކް ޚާން އާއެކު "ރަބް ނޭ ބަނާޑީ ޖޯޑީ" އިންނެވެ. އެ ފިލްު ވެގެން ދިޔައީ އޭނާގެ ކެރިއާ ބަދަލުކޮށްލި ފިލްމަށެވެ.