ހޮލީވުޑް

ޕްރިޔަންކާ އާއި ރިޗަޑްގެ "ސިޓަޑެލް" ދެވަނައަށް އެންމެ އަގުބޮޑު ސީރީޒް

ޕްރިޔަންކާ ޗޯޕްރާ އާއި ރިޗަޑް މެޑަން ލީޑް ރޯލްކުޅޭ "ސިޓަޑެލް" ސީރީޒަކީ މިހާތަނަށް ދެވަނައަށް އެންމެ އަގުބޮޑު ސީރީޒެވެ.

ހަތް އެޕިސޯޑްގެ މިސީރީޒްގެ ބަޖެޓަކީ 250 މިލިއަން ޑޮލަރެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މި ސީރީޒް މިހާ ބޮޑު އަގެއްގައި ހަދަން ޖެހުނީ މިދިޔަ ޑިސެމްބަރުގައި ޝޫޓިން ނިންމުމަށްފަހު މި ސީރީޒްގެ ތަސައްވުރާ ގުޅިގެން ހިޔާލުތަފާތުވެ، ގާތްގަނޑަކަށް ކްރިއޭޓިވް ޓީމްގެ ދެބައިކުޅަ އެއްބައި މެންބަރުން ވަކިވުމުންނެވެ. މިކަމާ ގުޅިގެން އަލުން ޝޫޓިންތަކެއް ކުރިއަށް ގެންދަން ޖެހުނެވެ.

"އެވެންޖަސް: އެންޑްގޭމް"ގެ ޑައިރެކްޓަރުން ކަމުގައިވާ ޖޯ ރޫސޯ އާއި އެންތަނީ ރޫސޯ ޑައިރެކްޓް ކުރާ މި ސީރީޒަށް ފުރަތަމަ ހަމަޖެހުނު ބަޖެޓަކީ 160 މިލިއަން ޑޮލަރެވެ.

"ސިޓަޑެލް"ގެ 250 މިލިއަން ޑޮލަރުގެ ހޭދައަށް ވުރެ ބޮޑު އަގެއްގައި ކުރިއަށްދާ ސީރީޒަކީ "ލޯޑް އޮފް ދަ ރިންގްސް: ރިންގްސް އޮފް ޕަވަ" އެވެ.

މި ސީރީޒްގެ ބަޖެޓަކީ 465 މިލިއަން ޑޮލަރެވެ.