ފިނިޕޭޖް

ބެއާ ގްރިލްޒް އާއެކު އަޖޭ ރާއްޖެއަށް

ރިއަލިޓީ ޝޯއެއްގެ ޝޫޓިންއަށް އަޖޭ ދޭވްގަން ރައްޖެ އަތުވެއްޖެ އެވެ.

އަޖޭ ރާއްޖެ އައިސްފައި ވަނީ ޑިސްކަވަރީ ޕްލަސްގެ މަޝްހޫރު ޝޯއެއްް ކަމަށްވާ "އިން ޓް ދަ ވައިލްޑް" ގެ އެޕިސޯޑެއް ނެގުމަށެވެ. އަަދި މި ޝޫޓިންއަށް އައިސް އަޖޭ ހުންނަނީ އޮޅުވެލި ރިޒޯޓުގަ އެވެ.

"އިން ޓް ދަ ވައިލްޑް" ގެ ހޯސްޓްއާއެކު ގިނަ ހޮލީވުޑް އަަދި ބޮލީވުޑް ތަރިން އެ ޝޯގައި މެހެމާނުންގެ ގޮތުގައި ބައިވެރި ވެއެވެ. މީގެ ކުރިން ބޮލީވުޑްގެ މަޝްހޫރު ތަރި، އަކްޝޭ ކުމާރު އަދި ރަޖްނީކާންތު ވެސް ބެއާ ގްރިލްސްއާއެކު ބައިވެރިވެފައި ވެއެވެ.

މި ޝޯއަކީ މީހުން ނޫޅޭ ވަލު ޖަންގަލި ފަދަަ ތަންތަނުގަައި ސަލާމަތް ވުމަށް ކުރެވިދާނެ ކަންކަން ދައްކުވައިދޭ ޝޯއެކެވެ.