ހޮލީވުޑް

ޖެނިފާ ލޮރެންސް އެންގޭޖްވެއްޖެ

ހޮލީވުޑްގެ ބަަތަލާ ޖެނިފާ ލޯރެންސް އޭނާގެ އޭނާގެ ލޯބިވެރިޔާ ކުކް މެރޮނީއާ އެންގޭޖް ވެއްޖެ އެވެ.

މިދިޔަ ހަފުތާގައި އެ ދެމީހުން އެންގޭޖްވިއިރު ކައިވެނި ކުރާނެ ތާރީހެއް އަދި އިއުލާން ކޮށްފައެއް ނުވެ އެވެ. ހޮލީވުޑް ހަބަރުުތަައް ބުނާ ގޮތުގައި ޖެނިފާ އާއި ކުކް ފުރަތަމަ ބައްދަލުވީ ޖެނިފާގެ ރައްޓެއްސެއް ކަމަށްވާ ލައުރާ ސިމްޕްސަން މެދުވެރިކޮށެވެ.

ޖެނިފާ އަކީ ހޮލީވުޑްގެ ކާމިޔާބު ފިލްމުތަކެއް ކުޅެ 2013 ވަނަ އަހަރު އޮސްކާ އެވޯޑުވެސް ހޯދައިފައިވާ ބަތަލާ އެކެވެ. އޮސްކާ ހާސިލްކުރި 2012 ގައި ނެރުނު ފިލްމު "ސިލްވާ ލައިނިންގްސް ޕްލޭބުކް" އިންނެވެ. މި އަހަރުވެސް ޖެނިފާގެ ފިލްމުތަކެއް ރިލީޒް ކުރާނެ އެވެ. އޭނާ އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ޑައިރެކްޓަރު ޑެރެން އެފްރޮނޯސްކީއާ އެވެ.