ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފި އެވެ.
ފުލުހުން ބުނީ މިދިއަ ބުރާސްފަތި ދުވަހު ފުލުހުން ހުޅުމާލެ ސިނާއީ ސަރަހައްދު ބަލަމުން ދިޔައިރު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރު ކައިރިން ގަސްގަނޑު ތެރޭ ހުރި ދަބަހެއްގެ ތެރެއިން އަށް ފުޅި ބަނގުރާ ފެނިފައިިވާ ކަމަށާއި އެދުވަހުގެ ރޭ އެ ރަށުގެ ސުނާމީޖެޓީ ކައިރީ ބަހައްޓާފައި ހުރި ކަރުދާސް ފޮށިގަނޑެއް ބަލައި ފާސްކުރިއިރު އެ ފޮށިގަނޑުގެ ތެރެއިން ދެ ކޭސް ބިޔަރު ފެނުނު ކަމަށެވެ.
މީގެއިތުރުން އިއްޔެ ރޭ ހުޅުމާލެ ސިނާއީ ސަރަޙައްދުގެ ގަސްތަކެއްގެ ތެރޭ ދަބަހެއް އަޅުވާއިގެން ހުރި ބިދޭސީއެއްގެ ހައްޔަރުކޮށް ފާސް ކުރި ދެ ފުޅި ބަނގުރާ ފެނުނު ކަމަށް ވެސް ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.