ބޮލީވުޑް

"ބާޣީ" ތިނެއްގެ ޝޫޓިންއަށް ތައްޔާރުވަނީ

ޓައިގާ ޝްރޮފް އާއި ޝަރައްދާ ކަޕޫރު އާއެކު ބާޣީ ތިނެއްގެ ޝޫޓިން މޭ މަހު ފެށުމަށް ނިންމައިފި އެވެ.

"ބާޣީ"ގެ ދެވަނަ ފިލްމަށް ލިބުނު ތަރުހީބަށްފަހު، މި ފިލްމުގެ ތިން ވަނަ ބައެއް އުފައްދާނެ ކަމަށް އެ ފިލްމުގެ ޓީމުން ވަނީ މިދިޔަ އަހަރު ބުނެފަ އެވެ. ފިލްމުގެ ޕްރޮޑިއުސަރު ސާޖިދް ނަޑިއާޑްވާލާ ބުނި ގޮތުގައި މި ފިލްމުގެ ތަރިންް ފައިނަލްކޮށް ފިލްމުގެ ޝޫޓިންގ މި މޭ މަހު ފަށާނެ އެވެ.

މި ފިލްމުގެ ފުރަތަމަ ބައިގައި ޓައިގާ އާއެކު ފެނުނު ޝްރައްދާ މި ފިލްމުގެ ތިންވަނަ ބައިގައިވެސް ފެންނާނެ ކަމަށް ފިލްމުގެ ޓީމުން ވަނީ ޔަގީންކަން ދީފަ އެވެ. "ބާޣީ" ސީރީޒްގެ ދެވަނަ ބައިގައި ލީޑް ބަތަލާއެއްގެ ރޯލުން ފެނުނީ ދިޝާ ޕަޓާނީ އެވެ. ހަބަރުތައް ބުނާ ގޮތުގައި "ބާޣީ" ފިލްމުގެ ޝޫޓިންއަށް ޝްރައްދާ ތައްޔާރުވާނީ އިތުރު ތިން ފިލްމެއްގެ ޝޫޓިން ނިންމުމަށްފަހު އެވެ. އެއީ މި ޖޫން މަހު ރިލީޒް ކުރާ ފިލްމު "ސާހޯ" އާއި ރެމޯގެ "ސްޓްރީޓް ޑާންސާ" އަދި "ޗިޗޯރީ" އެވެ.

ޓައިގާ އާއެކު މި ފިލްމުގެ ފުރަތަމަ ބައި ކުޅުމަށްފަހު ތިންވަނަ ބައިގައި އަލުން ފެންނާނެ ކަމަށް ބުނުމުން މި ޖޯޑަށް ލޯބިކުރާ މީހުން ދަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންނެވެ. އަދި ފިލްމުގެ ފުރަތަމަ ބައިގައި މި ޖޯޑު ސްކްރީން ކުރިމަތީ ދައްކުވައިދިން ކެމިސްޓްރީ އަލުން ފެންނާނެ ކަމަށް ބުނެ ވަނީ ތައުރީފް ކޮށްފަ އެވެ.

ސާޖިދް ނަޑިއާޑްވާލާ ޕްރޮޑިއުސް ކުރާ "ބާޣީ" ރިލީޒް ކުރާނީ މާޗް ހަ ވަނަ ދުވަހު 2020ގަ އެވެ.